އިދިކޮޅު ކޯލިޝަނުން ގިނަ އަދަދެއްގެ ބަޔަކާއިއެކު މާލޭގައި މުޒާހަރާ ކުރަމުން އެބަދެއެވެ.
މިއީ މާލޭގައި އިދިކޮޅު ކޯލިޝަނުން ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން އެންމެ ގިނަ ބަޔަކާއިއެކު ބާއްވާ އެއް މުޒާހަރާއެވެ. މި މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރި ވެފައިވެއެވެ.
ހިޔާ މަޝްރޫޢުގެ ތެރެއިން ކުރިން ފްލެޓް ލިބި، ފަހުން ނެރުނު ލިސްޓްގައި ނަން ނުހިމެނުނު މީހުންގެ ހައްގުގައި “މަގޭ ފްލެޓް ކޮބާ”ގެ ނަމުގައި ކުރިއަށްދާ މުޒާހަރާގައި ތިބި ގިނަ މީހުންތިބީ މާސްކް އަޅައިގެން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށެވެ. މުޒާހަރާގެ ތެރެއިން ފުލުހުން މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ދެ ސަރަހައްދަކުން މަސައްކަތް ކުރިނަމަވެސް ފުލުހުންނަށް ވަނީ މުޒާހަރާގެ ބައިވެރިން ނުހުއްޓުވިފައެވެ.
މުޒާހަރާގެ ތެރެއިން ޕީޕީއެމް ލީޑަރޝިޕްގެ ގިނަ ބޭފުޅުން އެބޭފުޅުންގެ ޝުޢޫރު ފާޅުކޮށްފައިވާއިރު، މުޒާހަރާގައި ގޮވާލަމުން ދިޔައީ ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓް ދިނުމަށާއި، ރައީސް ޔާމީން މިނިވަން ކުރުމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ކުރާ ނޭދޭވޭ އެންމެހައި ކަންކަން ހުއްޓާލައި ޒިންމަދަރު ކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ