ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް މިއަދު ފެންނަމުންދާ ގޮތާއި، ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އޮތް މިންވަރަށް ބަލާއިރު، މިއީ އެންމެ ނުރައްކާތެރި ރާޅު ނަގާފައިވާ ވަގުތުކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަންޖެހޭ މީހުން ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެފައިވާ ކަމަށާއި ހޮސްޕިޓަލްތަކުގައި އެކަމަށް ފަރުވާ ދެވޭ މިންވަރަށް ބާކީ ހުރީ މަދު އަދަދެއްގެ އެނދު ކަމަށެވެ. އަދި މިއީ ކޯވިޑް-19 ގެ ހާލަތު މިހާތަނަށް ރާއްޖޭގައި އެންމެ ގޯސްވި ފަހަރު ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
Its unbelievably simple to lower your risk of catching & spreading Covid19:
– wash your hands frequently w/ soap
– wear a mask
– stay 3ft apart from others
– keep your bubble small
– stay home as much as you canAnd to protect yourself & others, get tested if you have symptoms
— Nazla Rafeeg (@nazla_r) February 12, 2021
ހެލްތް އިމަޖެންސީ އޮޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިރެއިން ފެށިގެން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ހަވީރު 06:00 އިން ފަރިހު 06:00 އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށެވެ.
ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ ކޭސްތައް 100 ދަށުގައި ހުރުމަށްފަހު މިއަހަރު ފެށުނު ފަހުން މިއަދަދުތައް އިތުރުވަމުން އައިސް 200 ވުރެ މައްޗަށްވެސް ވަނީ އަރާފައެވެ. އަދި މި އަދަދުތައް 100 ދަށަށް ނުދާތާ މިހާރު މިވަނީ މަހެއް ވާން ގާތްވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުވެސް ރާއްޖެއިން ވަނީ 186 މީހަކު މި ބަލިޖެހިފައެވެ. މީގެތެރެއިން 162 މީހުންނަކީ މާލޭ ސަރަހައްދުން މި ބަލި ޖެހިފައިވާ މީހުންނެވެ. 14 މީހުންނަކީ މީހުން ދިރިއުޅޭ އެކި ރަށްރަށުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނެވެ.
ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު ގިނަވެ މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ވަނީ 2200 ވުރެ މައްޗަށް އަރާފައެވެ. އަދި ބަލީގެ ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުްނގެ އަދަދުވެސް ވަނީ 200 ވުރެ މައްޗަށް އަރާފައެވެ.
ކޮމެންޓު ފޮނުވާ