މާލެ ސަރަހައްދުގައި ހަވީރު 6 އިން ހެނދުނު 6 އަށް ވެހިކަލް ދުއްވުން މަނާކޮށްފި

މާލެ ސަރަހައްދުގައި ހަވީރު 6 އިން ހެނދުނު 6 އަށް ވެހިކަލް ދުއްވުން މަނާކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 ފެބްރުއަރީ 2021 03:35
0

މާލެ ސަރަހައްދުގައި މިއަދު ހަވީރު 6 އިން ހެދުނު 6 އަށް ވެހިކަލް ދުއްވުން މަނަކޮށްފިއެވެ.

މިއީ މާލެ ސަރަހައްދުގައި އަޅާފައިވާ ކާފިއު ވަގުތަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ. މިއަދުގެ މިފިޔަވަޅު އެޅުމުގެ ކުރިން މާލެ ސަރަހައްދުގައި ވެހިކަލް ނުދުއްވޭނެ ވަގުތުކަމަށް ކަނޑައަޅާފައިވަނީ ރޭގަނޑު 8 އިން ފަތިހު 4 އަށެވެ.

އެއްގަމު އުޅަނދު ނުދުއްވޭ ގަޑި އިތުރުކޮށްފައި ވީނަމަވެސް އެއްގޮތަކަށްވެސް ބޭރަށް ނުކުމެ ނޫޅެވޭ ގަޑިއަށް ބަދަލެއް ގެނެސްފައި ނުވެއެވެ. އެގޮތުން ބޭރަށް ނުކުމެ އުޅުން މަނާ ގަޑިކަމުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު11 އިން ފަތިހު 04:30 އަށެވެ.

މާލެ ސަރަޙައްދު މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށް ޓާއި، ގުޅީފަޅާއި، ހުޅުލެ ގައި، ހަވީރު 06:00 އިންފެށިގެން ހެނދުނު 06:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމާއި ގުޅިގެން 5 ބަޔަކަށް ވަނީ މިފިޔަވަޅުތަކުން އިސްތިސްނާ ކޮށްފައެވެ.

އިސްތިސްނާ ވާނެ ފަރާތްތައް:
1 .ސިފައިންނާއި ފުލުހުން.
2 .ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
3 .އެމްބިއުލަންސް.
4 .ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ އެޗް.އީ.އޯ.ސީގެ ފާސް ލިބިފައިވާ ފަރާތްތައް.
5 .އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް.

މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ޑިރެކްޓާ ޖެނެރަލް ޕަބްލިކް ހެލްތުވަނީ އަންގަވާފައެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.