ޗައިނީސް އާއަހަރު ރައީސްގެ އެދެނީ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް

ޗައިނީސް އާއަހަރު ރައީސްގެ އެދެނީ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް

Author
މުޙައްމަދު ޝަޒައިމް
12 ފެބްރުއަރީ 2021 12:28
0

މިއަދު ފާހަގަކުރާ" ޗައިނީޒް ނިއު އިޔާ" އާއިއެކު އުންމީދަކީ މިއަހަރު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެން ދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ" ޗައިނީޒް ނިއު އިޔާ"ގެ ތަހުނިޔާ ފޮނުއްވައި ރައީސް ޞާލިހު ވިދާޅުވީ މި ފެށޭ އާ އަހަރަކީ ކާމިޔާބީތަކާއި އުފާވެރިކަން ގެނުވައިދޭނެ އަހަރެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ އަހަރެއް ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ޞާލިހު ވިދާޅުވެފައިވެއެވެ.

ޗައިނާގެ އިތުރުން އެހެނިހެން ގައުމުތަކުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުންނަށް ރައީސްސް ވަނީ ދުވަހުގެ ތަހުނިޔާގެ މެސެޖް ފޮނުއްވާފައެވެ.

ރައީސް ޞާލިހު ވެރިކަމާއި ހަވާލުވި ފަހުން ރާއްޖެއާއި ޗައިނާއާއި އޮންނަ ގުޅުން ހީނަރުވެ، އިޤްތިޞާދީ ގޮތުން ޗައިނާއިން ރާއްޖޭގައި ކުރަމުންދިޔަ ބޮޑެތި ގިނަ މަޝްރޫއުތައްވަނީ މަޑު ޖެހިފައެވެ. އަދި ރާއްޖޭގެ ސިޔާސީ އިސްބޭފުޅުންގެ ތެރެއިން ރައީސް ނަޝީދު ގެންދަވަނީ ކެނޑިނޭޅި ޗައިނާއަށް އަމާޒުކޮށް ތަފާތުއެކި ރައްދުތައް ދެއްވަމުންނެވެ. ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވާ ޤައުމަށްވާއިރު، ޗައިނާގެ އެހީތެރިކަން އަބަދުވެސް ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެކަމަށް އެޤައުމުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.