މަގޭ ފްލެޓް ކޮބާ؟ ނަމުގައި ބާއްވާ މުޒާހަރާ މިއަދު ހަވީރު

މަގޭ ފްލެޓް ކޮބާ؟ ނަމުގައި ބާއްވާ މުޒާހަރާ މިއަދު ހަވީރު

Author
މުޙައްމަދު ޝަޒައިމް
12 ފެބްރުއަރީ 2021 10:07
0

ހިޔާ މަޝްރޫޢުގެ ތެރެއިން ކުރިން ފްލެޓް ލިބި، ފަހުން ނެރުނު ލިސްޓްގައި ނަން ނުހިމެނުނު މީހުންގެ ހައްގުގައި “މަގޭ ފްލެޓް ކޮބާ”ގެ ނަމުގައި މިއަދު  އިހްތިޖާޖަށް ނުކުންނަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.

އެގޮތުން މިއަދު ހަވީރު 16:00 ގައި ޕީޕީއެމްގެ އޮފީސް ކުރިމަތިން މި އިހުތިޖާޖު ފަށަން ހަމަޖެހިފައި ވާކަމަށް ޕީޕީއެމުން ބުނެއެވެ.

އިހުތިޖާޖާ ގުޅޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި އިހްތިޖާޖަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުން ހާމަކުރުމަށް ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިން އިންތިން އިންތިޒާމްކުރާ ހަރަކާތެއް ކަމަށާއި ބޯހިޔާވަހި ކަމުގެ ހައްގުން މަހުރުމުވެފައިވާ އެންމެން މި އިހްތިޖާޖުގައި ބައިވެރިވުމަށް ދައުވަތު އަރުވާކަމަށެވެ.

ރައްޔިތުން ރައްޔިތުންގެ ހައްގު ހޯދުމަށް ނިކުތީމަ އެއައް ނިމުމެއް ނުގެނެވޭނެ. ރައްޔިތުން ރައްޔިތުންގެ ބާރު ހޯދުމަށް ނުކުތުމުން ކުރެވޭނެ ކަމެއް ނޯންނާނެ ކަން އެމްޑީޕީއަށް އެންމެ ރަނގަޅަށް އެނގޭނީވެސް. އެހެންކަމުން މި ހަރަކާތްތަކަށް ނުކުންނަނީ ކަރުނަގޭސް ނުޖަހާނެ ކަމަކަށް ނޫންނީ ހައްޔަރު ނުކުރާނެ ކަމަކަށް ބަލައިގެންނޫން.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމުން ބުނީ ފްލެޓް ކޮމިޓީއެއް ހަދައިގެން އަދުގެ ސަރުކާރުން އެތައް ރައްޔިތުންގެ ހައްގުތަކެއް ފޭރިގަނެފައި ވާކަމަށާއި، ސަރުކާރުން ފްލެޓް ފޭރިގަނެގައިވާ ފަރާތަކަށް ޕީޕީއެމްގެ ސަރުކާރެއްގައި ފްލެޓް ހޯދާދިނުމަކީ މިއަދުންފެށިގެންވެެސް ޕީޕީއެމްގެ ރިޔާސީ ވަޢުދެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.