ދީނީ ޢިލްމުވެރިޔާ ޝައިޙު އަލީ ޒައިދަށް ހިޔާ ފްލެޓުން ލިބިފައިވާ ފްލެޓާއި ގުޅޭގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ބައެއް ބޭފުޅުން ދައްކަވަމުންދާ ވާހަކަތައް ދޮގު ކުރައްވައި ޝައިޚު ޒައިދު ކަން ހިނގާފައިވާ ގޮތް ހާމަކޮށްދެއްވައިފިއެވެ.
ހިޔާ ފްލެޓް ދާއިމީ ލިސްޓު އާންމު ކޮށްފައިވާއިރު، ޝައިޚު ޒައިދަށްވެސް ވަނީ ފްލެޓް ލިބިފައެވެ. ޝައިހު ޒައިދަށް ފްލެޓް ލިބުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނި ޒައިދުގެ ނަން އޮތް ލިސްޓާއިއެކު ފްލެޓް ލިބިފައިވަނީ ސަރުކާރަށް ސަނާކިޔައި، ސަރުކާރުގެ ހިމާޔަތުގައި ދައްކާ ވާހަކަތަކުން ކަމަށް ވިދާޅުވެ ތަފާތުއެކި ވާހަތައް ދައްކާފައެވެ. އަދި ޝައިޚު ޒައިދަކީ ފްލެޓް ކޮން ގޮތަކުން ހައްގުވާ މީހެއްތޯވެސް އިދިކޮޅު ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ފަރާތްތަކުން ދައްކާފައިވާ މިފަދަ ވާހަތައް ދޮގު ކުރައްވައި ޝައިޚު ޒައިދު ވިދާޅުވީ މިއީ ރޯ ބުހުތާނު ދޮގުކަމަށެވެ. މިއަދު ފްލެޓް ލިބުމުން އެކަމާއި އެންމެ ބޮޑަށް ފާޑުވިދާޅުވި ބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު އެކުލަވާލި ލިސްޓުގައިވެސް ފްލެޓް ލިބިފައިވާކަމަށާއި، މިސަރުކާރުން ލިސްޓު އާންމުުކުރިއިރު ހަމަ ކުރިންވެސް ނިންމާފައިވާ ގޮތަށް ފްލެޓް ލިބިފައިވާކަމީ މިކަމުގައި ދައްކަމުންދާ ވާހަތަކުގައި ދެކޮޅު ނުޖެހޭކަން ހާމަވާ ކަމެއްކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
ޕީޕީއެމްއަށް ނިސްބަތްވާ ފިތުނަވެރި ގުރޫޕަކުން ރޯ ބުހުތާނު ދޮގު ހަދަމުންދާތީ އެކަން ހުއްޓާލުމަށް ގޮވާލަން! މި ބޭފުޅުންނަށް ކޮށްލަން ބޭނުންވަނީ އެންމެ ސުވާލެއް! އަޅުގަނޑުގެ ކޮން ބާރަކާއި ނުފޫޒެއް އޮވެގެންތޯ މިދިޔަ ސަރުކާރުން ނެރުއްވު ލިސްޓުގައި އަޅުގަނޑުގެ ނަން އޮތީ؟ މިއޮތީ އޭރުގެ ލިސްޓު.
– ޝައިހު ޒައިދު ވިދާޅުވިއެވެ.
PPM ah nisbaihvaa v fithunaveri group akun roa buhuthaanu dhogu hadhamun dhaathy ekan huttaalumah govaalan! Mi beyfulhunnah kollan beynun vany enme suvaaleh! Alhuganduge kon baarakaa nufoozeh ovegen midhiya sarukaarun neruhvi list gai alhuganduge nan othy? Miothee eyruge List! pic.twitter.com/snb6ozDCao
— Ali Zaid (@alizaid1000) February 11, 2021
ޝައިޚު ވިދާޅުވީ އޭނާއަކީވެސް މާ ފުދުންތެރި މީހެއް ނޫންކަމަށާއި، ދިރިއުޅެމުންދަނީ މާލޭގައި ދަރިންނާއިއެކު ކުޑަކުޑަ ތަންކޮޅެއްގައިކަމަށެވެ. އަދި ޝައިޚަކީ މިސަރަހައްދުގައިވެސް ދިރިއުޅޭނެ އަމިއްލަ ވަޒަނެއް ހުރި މީހެއް ނޫންކަމަށެވެ.
އަޅުގަނޑަކީވެސް މާލެ ގައި ވަރަށް ވަރަށް ކުޑަ ތަންކޮޅެއްގައި ކުޔަށް ދަރިންތަކެއް ގޮވައިގެން އުޅޭ މީހަކީމު! އަޅުގަނޑުގެ ނިޔާވެފައިވާ ބައްޕަ އަށް ލިބިފައިވާ އެންމެ އިންޗިއެއްވެސް މާލެ ކީތްކުރަންތޯ މިއިން ސަރަހައްދެއްގައިވެސް ނެތް! ބުހުތާނު ދޮގު ހަދާމީހުން އާހިރަތުގައި ފެއިލްވާނެ. އިންޝާ ﷲ.
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
ހިޔާ ފްލެޓުގެ ދާއިމީ ލިސްޓު އާންމު ކޮށްފައިވާއިރު، ގިނަ ބައެއްގެ ފާޑުކިޔުންވަނީ ލިސްޓަށް އަމާޒުވެފައެވެ. ޚާއްސަކޮށް އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑުކިޔުން ދަނީ ލިސްޓަށް އަމާޒުވަމުންނެވެ. ފްލެޓު ލިބުނު މީހުންގެ ތެރޭގައި މާލޭގައި ވަރަށް ދަތި ހާލުގައި ދިރިއުޅެމުންދާ މީހުންނަށް ފްލެޓް ނުލިބޭ މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުންތައް އެމީހުންގެ ހާލަތު ފެންނަ ގޮތަށް ސޯޝަލް މީޑިޔާގައިވެސް ދަނީ ހިއްސާ ކުރަމުންނެވެ. ނަމަވެސް ފްލެޓް ކޮމިޓީން ބުނެފައިވަނީ ފްލެޓް ދީފައިވަނީ ލިބިފައިވާ ހުރިހާ ޝަކުވާއެއްބަލައި އެންމެ އިންސާފުވެރި ގޮތަކަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ