ތިމާވެށި ހިމާޔަތް ކުރެވޭނީ 21 ވަނަ ޤައުރުނުގެ ޒަމާނީ އީޖާދާއިއެކު: ރައީސް ނަޝީދު

ތިމާވެށި ހިމާޔަތް ކުރެވޭނީ 21 ވަނަ ޤައުރުނުގެ ޒަމާނީ އީޖާދާއިއެކު: ރައީސް ނަޝީދު

Author
މުޙައްމަދު ޝަޒައިމް
11 ފެބްރުއަރީ 2021 08:38
0

ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ތިމާވެށިގެ ނުރައްކާތެރި ހާލަތުން އަރައިގަނެވޭނީ 21 ވަނަ ގަރުނުގެ ޒަމާނީ އީޖާދުތަކާއި އެކުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ދުނިޔޭގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސައުތު އޭޝިޔާގެ ޤައުމުތަކުން ޖައްވައް ބޭރުކުރާ ވިހަގޭހުގެ މިންވަރު ދުނިޔޭގެ އެހެން ހިސާބުތަކާ އަޅާބަލާއިރު މަދު ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ނުރައްކަލުން އަރައިގަތުމަށް އެކާވީސްވަނަ ޤައުރުނުގެ ޒަމާނީ އީޖާދުތަކަށް މިސަރަޙައްދުގެ ޤައުމުތައްވެސް ބަރޯސާވަމުން އަންނަކަމަށެ. އަދި މިކަމުން އަރައިގަތުމަށް 19ވަނަ ގަރުނުގެ އުކުޅެއް ބޭނުން ނުކުރެވޭނެކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް ދުނިޔޭގެ ގިނަ ޤައުމުތަކުން އީޖާބަދެމުން އަންނަކަމަށެވެ. އެގޮތުން މިވަގުތު ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ޙިމާޔަތްކުރުމަށް އެކި މިންވަރުގައި ދުނިޔޭގެ 127 ޤައުމަކުން މަސައްކަތްކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން 2001ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގެ މިއަހަރުގެ ބައްދަލުވުން، ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ. އެއީ މިހާރު ކޯވިޑް-19އާއި ގުޅިގެން ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުންނެވެ. މިއަހަރުގެ ސަމިޓުގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ވެރިންނާއި ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ވަނީ ބައިވެރިވެފައެވެ.

މިސަމިޓް ޝަރަފްވެރިކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެމްޑީއެޗުޑީ
ތިކިޔާ ތަރައްގީ އަހަރެން ހަމަ ހައިރާންވަމެ އެއީ ދެން ތިކިޔަނީ ތިމާވަށްޓޭ އެދޭތިއެއްކޮތަޅެގައި އެ ދޭތި އަހަރެމެން ގެންގުޅޭނީ ކިހިނަކުން އެއީ ވަރައް ރުޅިގަދަ ދޭތި