ޑީޕޯޓުކޮށްލުމަށް ބަންދުކޮށްފައި ހުރި ބިދޭސީއަކު ފިލައިފި

ޑީޕޯޓުކޮށްލުމަށް ބަންދުކޮށްފައި ހުރި ބިދޭސީއަކު ފިލައިފި

Author
މުޙައްމަދު ޝަޒައިމް
11 ފެބްރުއަރީ 2021 07:59
0

ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާ ޚިލާފަށް އުޅުމުގެ ސަބަބުން ރާއްޖެއިން ޑީޕޯޓުކޮށްލުމަށް ބަންދުކޮށްފައި ހުރި ބިދޭސީއަކު ފިލައިފިއެވެ.

ކަރެކްޝަނުން ބުނެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ، އަސަނަރ ނަމަކަށްކިޔާ ޢުމުރުން 32 އަހަރު މިފިރިހެން މީހާ ފިލާފައިވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުންނެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މަޢުލޫމާތުދެއްވާގޮތުގައި އޭނާ ފިލީ މިރޭ 7:30 އެހައިކަންހާއިރުއެވެ. އެހެންނަމަވެސް އޭނާއަށް ފިލުނީ ކިހިނެއް ކޮންގޮތަކަށްކަމެއް ކަރެކްޝަނަލް ސާވިސްއިން ހާމައެއް ނުކުރައްވައެވެ.

މިމީހާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ފުލުހުން ގުޅިގެން ކުރަމުންދާކަމަށް މަޢުލޫމާތުލިބެއެވެ.

މިމީހާއަކީ ރާއްޖެ އިން ޑީޕޯޓުކޮށްލަން ނިންމައި ޑީޕޯޓުކޮށްލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާ މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.