ރައީސް ޔާމީންގެ މަންމާފުޅު ކޯވިޑަށް ޕޮޒިޓިވްވެ ފަރުވާދެނީ

ރައީސް ޔާމީންގެ މަންމާފުޅު ކޯވިޑަށް ޕޮޒިޓިވްވެ ފަރުވާދެނީ

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2021 07:29
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މަންމާފުޅަށް ކޯވިޑް ޕޮޒިޓިވްވެ ފަރުވާދޭން ފަށައިފިއެވެ.

ރައީސް ޔާމީންގެ މަންމާފުޅު ދިރިއުޅުއްވަމުން ގެންދަވަނީ ސްރީލަންކާގައެވެ. ރައީސް ޔާމީންގެ މަންމާފުޅަށް ފަރުވާދެމުންދަނީ ލަންކާގެ ހޮސްޕިޓަލުގައެވެ. އުމުރުފުޅުން83 އަހަރުގެ ރައީސް ޔާމީންގެ މަންމާފުޅަކީ ކޯވިޑްގެ އެންމެ ހައިރިސްކު ކެޓަގަރީގެ މީހެކެވެ.

ރައީސް ޔާމީންގެ މަންމާފުޅު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވަނީ އެމަނިކުފާނުގެ މަންމާފުޅަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވައި ފޭސްބުކުގައި ޕޯސްޓެއްވެސް ކުރައްވާފައެވެ.

ރައީސް ޔާމީންގެ މަންމާފުޅު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ގިނަ ބަޔަކުދަނީ ސޯޝަލް މީޑިޔާގައި އެމަނިކުފާނުގެ މަންމާފުޅަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.