އިންޓަނެޓްގެ މައްސަލައަށް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ހައްލު ގެނެވޭނެ: ސަރުކާރު

އިންޓަނެޓްގެ މައްސަލައަށް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ހައްލު ގެނެވޭނެ: ސަރުކާރު

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2021 07:04
0

ރާއްޖޭގެ އިންޓަނެޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިންޓަރނެޓްގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ވެފައިވަ ވައުދު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފުއްދިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިންޓަރނެޓްގެ އަގު ކުޑަކުރުމަކީ ކުރަންޖެހޭ މަސައްކަތެއްކަމަށެވެ. އޭނާ ވިދާޅުވީ އިންޓަރނެޓުގެ އަގު ކުޑަކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ސަރުކާރުން ކުރާނެކަމަށް އަދި އެކަން ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދައިރު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިކަމަށް ދައިމީ ހައްލެއް ހޯދިގެންދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިންޓަރނެޓް ޕެކޭޖްތައް އަވަހަށް ހުސްވުމާއި، ޕެކޭޖުގައި ފޯރުކޮށްދޭން ބުނާ ސްޕީޑަށްވުރެ އިންޓަރނެޓް ސްޕީޑް ލަސްކަމުގެ ޝަކުވާއަކީ އާއްމުންގެ ފަރާތުން ވަރަށް ގިނައިން ލިބޭ ޝަކުވާއެއްކަމަށެވެ. އެހެންކަމުން އިންޓަރނެޓް ތްރޮޓޮލްވުމުގެ މައްސަލަ ހައްލުކޮށް، ފެންވަރު ރަނގަޅު ޙިދުމަތެއް ފޯރުކޮށްދިނުމަށް މިއަހަރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިގެންދާނެ އިންޓަރނެޓް ތްރޮޓޮލްވުމުގެ މައްސަލަ ހައްލުކުރަން. ޕެކޭޖެއް ނަގާފައި ވަކި ސްޕީޑެއްގައި ލިބޭނެކަމަށް ބުނެފައި އެ މާ އަވަހަށް ޕެކޭޖް ހުސްވާ މައްސަލަ އެއީ އޮތް ވަރަށް ބޮޑު ޝަކުވާއެއް. އަދި އެ ސްޕީޑު ދެމެހެއްޓިފައި ނުހުންނަކަންވެސް ފާހަގަވޭ. ވަކިގޮތަކަށް ނަގާ ޕެކޭޖެއްގައި ބުނެފައި އޮންނަގޮތަކަށް އެ ސްޕީޑު ދެމެހެއްޓިފައި ނުހުންނަކަމުގެ ޝަކުވާ. މިއީ އަވަސް ހައްލެއް ގެންނަންޖެހޭކަމެއްގެ ގޮތުގައި ވިސްނައިގެން މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ.

– މަބްރޫކް ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތްކުރަނީ ވީހާވެސް ކުޑަ އަގެއްގައި ރައްޔިތުންނަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ރައީސް ޞާލިހުގެ ރިޔާސީ ވައުދު ފުޅެއްވެސް މެއެވެ. އިންޓަރނެޓްގެ އަގުހެޔޮ ނުކުރެވި ދެ އަަރު ނިމިގެންދާއިރު ސަރުކާރުން މިއަދު ވިދާޅުވެފައިވަނީ އިންޓަރނެޓްގެ މައްސަލައަށް ކުރިއަށް އޮތް ދެ އަހަރުގައި ހައްލެއް ލިބިގެންދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަޗީ
ޖަމަލު ފޮޑި އަކަށް ވެފައިވާ ކަމެއް.