އިންތިޚާބު ބޭއްވުމަށް ހުރި ޤާނޫނީ ގޮންޖެހުންތައް އިލެކްޝަނުން މަޖިލީހަށް ހުށަހަޅައިފި

އިންތިޚާބު ބޭއްވުމަށް ހުރި ޤާނޫނީ ގޮންޖެހުންތައް އިލެކްޝަނުން މަޖިލީހަށް ހުށަހަޅައިފި

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2021 06:50
0

ލޯކަލް ކައުންސިލް އިންތިޚާބައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ހުރި ޤާނޫނީ ހުރަސްތަކާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގައި ހުރި ކަންބޮޑުވުންތައް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މަޖިލީހަށް ހުށަހެޅި ގިނަ ކަންބޮޑުވުންތަކަކީ އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން ކަނޑައަޅައި އާންމުކޮށްފައިވާ ގައިޑްލައިނުގައިހުރި ކަންބޮޑުވުންތަކެވެ. ކޮމިޝަނުން މިއަދު ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ

– ކެންޕެއިން ކުރުމުގެ ފުރުސަތު ގައިޑުލައިނުގެ ތެރެއިން ނުލިބުން.

– ކޯވިޑަށް ޕޮޒިޓިވްވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓްލެވޭނެ އިންތިޒާމު އިލެކްޝަނަށް ހަމަޖައްސަން ޖެހުން.

– ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒިފުންނަށް ކައިރި ރަށްތަކަށް ވޯޓުލާން ދެނޭވެ ގޮތް ނެތުން.

– ވޯޓުލާ މަރުކަޒުގައި ކެންޑިޑޭޓުންގެ މަންދުބުންނަށާއި، މޮނިޓަރުންނަށާއި، އޮބްޒާވަރުންނަށް ތިބުމުގެ ފުސަތު ނުލިބުން.

– ބަޖެޓުގެ ދަތިކަން.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އިންތިޚާބު އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގެ ތެރެއިން ބާއްވާނަމަ އިތުރު 45 މިލިޔަން ރުފިޔާ ބޭނުންވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަން ކޮމިޝަނުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިހާރުވަނީ އާންމުކޮށްފައެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިހާރު އެކުލަވާލާފައިވާ ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބޭއްވުމަކީ ކުރެވޭނެ ކަމެއްނޫންކަމަށެވެ. ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބާއްވައިފިނަމަ ކޯޓުން އިންތިޚާބު ބާޠިލު ކުރުމުގެ ފުރުސަތު ބޮޑުވެ، ދައުލަތުން މިކުރާ ޚަރަދު އަލުން ކުރަންޖެހުމަކީ ގާތްކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.