މިސަރުކާރުން މިހާތަނަށް 379 މަޝްރޫޢުއެއް ވަނީ ނިންމާފަ: މަބްރޫކް

މިސަރުކާރުން މިހާތަނަށް 379 މަޝްރޫޢުއެއް ވަނީ ނިންމާފަ: މަބްރޫކް

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2021 03:02
0

2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ ތެރެއިން މިހާތަނަށް 379 މަޝްރޫޢު ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިހާރުވެސް 228 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ސަރުކާރުން މިހާތަނަށް 379 މަޝްރޫޢުގެ މަސައްކަތް ނިންމާފައިވާކަމަށެވެ. އޭނާ ވިދާޅުވީ މި ހިނގާ  2021ވަނަ އަހަރުގެ PSIP ބަޖެޓުގައި 229 މަޝްރޫޢެއް އަލަށް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

މަބްރޫކް ވިދާޅުވީ ރައީސް ޞާލުހުގެ މިދައުރުގައި މިހާތަނަށް 1200އަށް ވުރެއް ގިނަ މަޝްރޫޢު ފަށާފައިވާއިރު 199 ރަށުގައި މިމަޝްރޫޢު ހިނގަމުންދާކަމަށެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި ނިމިފައިވާ މަޝްރޫޢުތައް:

ފާއިތުވި މަސްދުވަހުގެ ތެރޭގައި ނިމިފައިވާ މަޝްރޫޢުތައް )10 ޖަނަވަރީ 2021 ގެ ފަހުން:

މިހާރު ހިނގަމުންދާ މަސައްކަތްތައް:

މަބްރޫކް ވިދާޅުވީ ސަރުކާރުން ދަނީ މިއަަހަރު ފެށުމާއިއެކު އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި މިމަސައްކަތް ކުރުމަށްޓަކައި ތަރައްޤީގެ މަޝްރޫޢުތައް އަވަށް ފެށުމަކީ މުހިންމު މަސައްކަތެއްކަން ފާހަގަކޮށް އެމަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.