ޤާނޫނީ އިމުގެ ތެރެއިން ހަވާލުވެފައިވާ މަސްއޫލިއްޔަތުގެ ތެރެއިން ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ ކަމަށާއި، ދުސްތޫރާއި ޚިލާފަށް އަބަދު ދޭން ނޫޅުއްވުމަށް ކޮމިއުނިކެޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންނަށް ގޮވާލައްވައިފިއެވެ.
މިނިސްޓަރ މަލީހު މިފަދަ ގޮތަށް ގޮވާލާފައިވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ. މިނިސްޓަރ މަޖިލީހު ވިދާޅުވީ އެއްވެސް އަސާސެއް ނެތްކަމެއްގައި އަބަދުދީ ފިޔަވަޅު އަޅަން އުޅުމަކީ ދުއްތޫރާއި ޚިލާފް ކަމެއްކަމަށެވެ. އަދިމިހާތަނަށްވެސް މަޤާމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކޮށް ނޯންނާނެކަމަށެވެ. މިނިސްޓަރ މަލީހުވަނީ ޤާނޫނަށް ވުރެ މަތީގައި މިޤައުމުގައި ބަޔަކު އުޅޭތޯވެސް ސުވާލު އުފައްދަވާފައެވެ.
އަސާސެއްނެތް ކަމެއްގެ އިލްޒާމު އަޅުވައި އަދަބު ދޭން އުޅުމަކީ ދުސްތޫރާއި ޚިލާފް ކަމެއް. މިނިވަން ކޮމިއުނިކޭޝަން އޮތޯރިޓީގެ ބޯޑަށް އަދި މުވައްޒިފުންނަށް ޝުކުރިއްޔާ. ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ. ޤާނޫނަށްވުރެ މަތީގައި މިޤައުމުގައި ބަޔަކު އުޅެނީތޯ؟
– މަލީހު ވިދާޅުވިއެވެ.
Asaaseh neiy kamehge ilzaamu alhuvaa adhabu dheyn ulhumakee dhusthooraa khilaafu kameh. Minivan CAM ge Board ah adhi muvazzafunnah shukuriyyaa. Kuranjehey ehves kameh nukoh noannaane. Qaanoonah vure matheega miqaumuga bayaku ulheneethoa? pic.twitter.com/zL2WwA4HQC
— Mohamed Maleeh Jamal (@maleehjamal) February 10, 2021
މިނިސްޓަރ މަލީހުވަނީ މިކަން ހާމަކޮށް ކުރެއްވި ޓްވީޓުގައި ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ ގަވާއިދު ހަދައި އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާކަމުގެ ލިޔުންވެސް ޓްވީޓުގައި އެޓޭޗް ކުރައްވާފައެވެ. މިނިސްޓަރ މަލީހަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިތުބާރު ނެތްކަމަށްބުނެ ދައްކާ ވާކަތަކަށް އެކި ފަހަރުމަތީން މިނިސްޓަރ މަލީހުވަނީ ރައްދު ދެއްވާފައެވެ.
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ނިންމައި އެނިންމުން ތަންފީޒު ކޮށް ދެއްވުމަށް އެދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޞާލިހަށް ސިޓީއަކުން ދަންނަވާ ދެންނެވުމަށް ހަފްތާއެއްގެ ތެރޭ ޖަވާބެއް ލިބޭނެކަމަށް މީގެ ކުރިން އާޒިމް ވިދާޅުވެފައިވެއެވެ. ނަމަވެސް މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މަޖިލީހަށް ވެއްދި އިރު މި ސިޓީގެ ޖަވާބެއް ލިބުކަމެއް އާޒިމް ސާފު ކޮށްދެއްވާފައި ނުވެއެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ އިތުބާތު ނެތްކަމަށް މަލީހުގެ މައްޗަށް ފާސްކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން މަލީހު ބޭރުކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން މީގެ ކުރިން ވިދާޅުވެފައިވަނީ އެއީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަމާއި ހައްގުތައް ހޯދުމަށް ވަކާލާތު ކުރައްވަމުންދިޔަ ބޭފުޅުން އަމިއްލަ ބައިކޮޅަށް ޖެއްސެވި ގޯލެއްކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުން މޮހޮރު ޖައްސަވަމުންދަނީ އަމިއްލަ ސަންދޯކަށް ކަމުގައި ވިދާޅުވެ މިނިސްޓަރ މަލީހުގެ ބަހު ހަމަލާތަކެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އަމާޒުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ