ރ.އަުނގޫފާރު މަގު ހެދުމުގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާކަމަށް މިމަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން، ސަބްގްރޭޑް މަސައްކަތުގެ %46 އާއި ޕްލާންޓް ބެހެއްޓުމުގެ މަސައްކަތުގެ %45 މިހާރު ނިމިފައިވާކަމަށެވެ.
ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %60 ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، ސަބްގްރޭޑް މަސައްކަތުގެ %46 އާއި ޕްލާންޓް ބެހެއްޓުމުގެ މަސައްކަތުގެ %45 ވަނީ ނިމިފައި. #MTCCProjects pic.twitter.com/vPNcT5kYrb
— MTCC Plc (@MTCCPlc) February 10, 2021
އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުއަށް ދާދި ފަހުން ވަނީ އިތުރު 4 މަގެއް ތަރައްޤީކުރުންވެސް ހިމަނާފައެވެ. އެހެންކަމުން އެ 4 މަގާއެކު 16،488 އަކަމީޓަރުގެ ސަރަހައްދެގައި، ޖުމްލަ 19 މަގެއްގައި ތާރުއަޅަ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރ.އަތޮޅުގެ ވެރިކަންކުރާ އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި ފެންހިންދުމުގެ ނިޒާމާއި، މަގުބައްތިއާއި، ދުވެލިމަތަ ހެދުމުގެ އިތުރުން ޓްރެފިކް ނިޝާންތައް ހަރުކުރުން ހިމެނެއެވެ. އެރަށު މަގުހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ.
ކޮމެންޓު ފޮނުވާ