ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.
އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލާ މީހުންގެ ލިސްޓު ގެޒެޓް ކޮށްފައިވަނީ މިއަދުއެވެ. މިލިސްޓަށް އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ 1414 އަށް އެސްއެމްއެސްކޮށްގެން ރަޖިސްޓްރީ ޗެކް ކުރުމަށް އިލެކްޝަނުން ވަނީ އެދިފައެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 01:00 އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ވަނީ ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދީފައެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމު މެދުވެރިކޮށް ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، އިންތިޚާބު ބޭއްވިދާނެކަމުގެ ޔަގީންކަމެއް އަދި ލިބިފައި ނުވެއެވެ. އެޗްޕީއޭއިން އިންތިޚާބު ބޭއްވުމަށް އާންމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތުން ޤާނޫނީ ގިނަ ގޮންޖެހުންތަކެއް ކުރިމަަތިވުމުން އިންތިޚާބާއިމެދު މިހަފްތާގައި ގޮތެއް ނިންމާނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ