އައްޑޫ ސިޓީގެ ފިޔަވަޅުތައް ވަރުގަދަކޮށް، ކާފިއު އިއުލާންކޮށްފި

އައްޑޫ ސިޓީގެ ފިޔަވަޅުތައް ވަރުގަދަކޮށް، ކާފިއު އިއުލާންކޮށްފި

Author
މުޙައްމަދު ޝަޒައިމް
09 ފެބްރުއަރީ 2021 08:02
0

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޙާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

މާދަމަ އިން ފެށިގެން ހަތް ދުވަހުގެ މުއްދަ ތަށް، އައްޑޫ ސިޓީގައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް:

1. ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.

2. ރޭގަނޑު 00:8 އިން ފެށިގެން ފަތިހު 00:4 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.

3. އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.

4. އެއްފަހަރާ 3( ތިނެއް( މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުން.

5. ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.

6. ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.

7. ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.

8. ފިރާތަ ކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުން.

9. ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.

10 .ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑެއް އޮވެދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭތީ މިވަގުތު ޒަރޫރީ ބޭނުންތަކަށް ނޫންގޮތަށް ބޭރަށް ދިއުން ރައްކާތެރި ނޫން ކަމަށެވެ. މީގެ އިތުރުން އައްޑޫގެ ގުޅިފައިވާ ރަށްތަކުގައިވެސް ޒަރޫރީ ނޫން ހާލަތެއްގައި ދަތުރު ކުރުން މަޑު ޖައްސާލާފައިވާ ކަމަށް މޭޔަރ ވިދާޅުވިއެވެ. މިހާތަނަށް އައްޑޫސިޓީން ވަނީ 49 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި ކޮންޓެކްޓުންގެ ގޮތުގައި 263 މީހުން ވަނީ ދެނެގަނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.