ދީނީ ބައެއް ދަންނަ ބޭކަލުންގެ އިރުޝާދުތަކާއިމެދު ރައްޔިތުން ސުވާލު އުފައްދާ: މަޖިލިސް ރައީސް

ދީނީ ބައެއް ދަންނަ ބޭކަލުންގެ އިރުޝާދުތަކާއިމެދު ރައްޔިތުން ސުވާލު އުފައްދާ: މަޖިލިސް ރައީސް

Author
މުޙައްމަދު ޝަޒައިމް
09 ފެބްރުއަރީ 2021 10:45
0

ރާއްޖޭގައި ދީނުގެ ޢިލްމު އުނގެނިގެން ތިބި، ދީނީ ނަޞޭޙަތް ދިނުމާއި ވަޢުޒު ބުނުމުގެ ހުއްދަ ލިބިފައިވާ ޢިލްމުވެރިންގެ ތެރެއިން ބައެއް އިލްމުވެރިންނަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުނު ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ހުށަހަޅާފައިވާ ޤަރާރާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ކުރެއްވި ޓްވީޓާއި ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ މަޖިލިސްގައި މި ޤަރާރަށް ބަހުސް ކުރެއްވި ބޭފުޅުން ދީނާއި ޚިލާފް ވާހަކައެއް ނުދައްކާކަމަށެވެ.

އިއްޔެގެ ބަހުސްގައި މެމްބަރުން ދެއްކެވި ވާހަތަކުން ސާފުވެގެން ދިޔައީ ރާއްޖޭގައި ތިއްބެވި ބައެއް ދީނީ އިލްމުވެރިން ދައްކަވާ ވާހަތަކުން އަޑު އަހަންވީ ކޮންވާހަތަކެއްތޯ މިއަދު ރައްޔިތުން ސުވާލު އުފައްދައި އެފަދަ އިލްމުވެރިންނާއިމެދު ސުވާލު އުފެދިފައިވާ މިންވަރުކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި މަޖިލީހުގައި އިއްޔެ މެމްބަރުން ދެއްކެވީ އިސްލާމްދީނާއި ޚިލާފްނުވާ، ދީނީ ގޮތުން މެމްބަރުންނަށް ދެއްކޭނެ ވާހަކަތަކެއްކަމަށްބުނެ ދީނީ އިލްމުވެރިން އިއްޔެ ފާޅު ކުރެއްވި ކަންބޮޑުވުންތަކަށް މަޖިލިސް ރައީސް ވަނީ ގޮން ޖައްސަވާފައެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ލަވަޔާއި، މިއުޒިކާއި، އެކީ ޒުވާނުން ހީނ ސަމާސަކޮށްލަން ތަނެއް ހެދުމާއި ގުޅޭގޮތުން މަޖިލީހުގެ މެމްބަރުން ދެއްކެވި ވާހަތަކަށް އިޝާރާތް ކުރައްވައި އިސްލާމިކް މިނިސްޓްރީން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އިސްލާމްދީނުގެ ހުކުމްތަކަށް އިޚްތިރާމު ކުރުމަކީ ކޮންމެ މުއްލިމެއްގެ މައްޗަށްވެސް ވާޖިބު ކަމެއްކަމަށެވެ. އަދި ދީނީ ގޮތުން ޚިލާފް އުފެދޭފަދަ ވާހަކަ ދައްކާނަމަ އެކަމުގެ އިލްމުހުރި ދީނީ ގޮތުން އެފަދަ ކަންކަމުގައި ލަފާ ދިނުމުގެ ހުއްދަ ލިބިފައިވާ ދީނީ އިލްމުވެރިންނަށް ބަސްބުނުމުގެ ހުއްދަ ލިބިގެންވާކަމަށެވެ.

އިސްލާމް ދީނުގެ ޙުކުމްތަކަށް އިޙްތިރާމްކޮށް މަތިވެރިކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ. އަދި ދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ ދީނުގެ ޢިލްމު އުނގެނިގެން ތިބި، ދީނީ ނަޞޭޙަތް ދިނުމާއި ވަޢުޒު ބުނުމުގެ ހުއްދަ ލިބިފައިވާ ޢިލްމުވެރިންގެ ޒިންމާއެކެވެ.

– އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އިއްޔެ މަޖިލީހަށް ހުށަހެޅުނު ޤަރާރާއި ގުޅިގެން ރާއްޖޭގެ ދީނީ ގިނަ އިލްމުވެރިންގެ ބޮޑެތި ފާޑުކިޔުންވަނީ މިކަމަށް އަމާޒު ވެފައެވެ. އަދި ޚާއްސަކޮށް މެމްބަރުން ދެއްކެވި ވާހަތަކުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހުކުމްތަކާއި ފުށު އަރާގޮތައް ދެއްކެވި ވާހަތަކަކީ ރާއްޖޭގެ އިސްލާމީ މުޖުތަމައުގައި ދީނީ އަޤީދާ ބަލިކަށި ކޮށްލުމަށް ދެއްކެވި ވާހަތަކެއްގެ ގޮތުގައި އިލްމުވެރިން ވަނީ ސިފަ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Abdulla Mahir
Majileehuge thibee rayyithun hovaafa thibi kamah gaabil edhurun thakeh! Fasaadha kurumuge faass vess onnan haggu bayeh! Dance kuran v. Fakkaa vaane!