ނަޝީދު، އިޔާޒަށް: ދަންނަބޭކަލުން ކިޔުއްވައިގެން ރަށު މީހުންނަށް އޮޅުވާލެވޭ ދުވަސް މާޒީވެއްޖެ

ނަޝީދު، އިޔާޒަށް: ދަންނަބޭކަލުން ކިޔުއްވައިގެން ރަށު މީހުންނަށް އޮޅުވާލެވޭ ދުވަސް މާޒީވެއްޖެ

Author
މުޙައްމަދު ޝަޒައިމް
08 ފެބްރުއަރީ 2021 03:15
0

ދަންނަބޭކަލުން ކިޔުއްވައިގެން ރަށު މީހުންނަށް އޮޅުވާލެވޭ ދުވަސް މާޒީވެއްޖެ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ޖަލްސާއަށް ހުށަހެޅުނު ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ހުށަހަޅާފައިވާ ޤަރާރަށް ދީނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ފަޅު ކުރައްވާފައިވާ ޚިޔާލުތަކުގެ ތެރެއިން ޚިޔާލަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދުގެ ފޭކް އެކައުންޓުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ލަވަލާއި، މިޔުޒިކުގެ ފަލްސަފާއަކީ ވަރަށް ފުޅާ ފަލްސަފާއެއްކަމަށެވެ. އަދި ދީނީ ގޮތުން ޑރ.އިޔާޒުމެން ފަދަ ބޭފުޅުން މާމޮޅު ވެގެން މީހުންނަށް އޮޅުވާލަން އުޅުނަސް ދެން އެކަމެއް ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފަިވެއެވެ.

މިއީ ވަރަށް ފުޅާ ފަލްސަފާ. ތިޔަބޭފުޅުންނަށް ތިޔަ އެގިފައިވާ ކުޑަ ކުޑަ ތިލަ މިންވަރުން އަމިއްލައަށް ދަންނަބޭކަލުން ކިޔުއްވައިގެން ރަށު މީހުންނަށް އޮޅުވާލެވޭ ދުވަސް މާޒީވެއްޖެ. ލާދީނީ ޓެގްވެސް ނޭޅުވޭނެ. އަދި ތިޔަ ގޮވާ މޮޔަ އަޑުއަހާނެ މީހުންވެސް މަދު.

– ރައީސް ނަޝީދު ފޭކް އެކައުންޓުން އިޔާޒަށް ރައްދު ދެއްވަމުން ވިދާޅުވިއެވެ.

ޑރ.އިޔާޒު ވަނީ ލަވަޔާއި މިއުޒިކާއި ގުޅޭގޮތުން އިސްލާމްދީނުގެ އިލްމުވެރިންނާއި، ދަންނަ ބޭކަލުންނާއި، މާތް ރަސޫލާގެ ބަސްފުޅުތަކުން އައިސްފައިވާ ބައެއް ވާރިދުތައް ޓުވިޓާގައި މިއަދު ހިއްސާ ކުރައްވާފައެވެ. ލަވަޔާއި މިއުޒިކު ކުޅުވެ މަޖާކޮށްލައި ހަދާލެވޭ ޚާއްސަ މަރުކަޒެއް ގާއިމް ކުރުމަށް ސަރުކާރު ހިންގާ މައިޕާޓީން އެމްޑީޕީން މަޖިލީހަށް ހުށަހެޅި މިޤަރާރަކީ ވަރަށް މުހިންމު ބޭނުންތެރި ޤަރާރެއްކަމަށް މަޖިލީހުގައި ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަވްތާ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މި ޤަރާރަށް ވާހަކަ ދެއްކެވި އިދިކޮޅަށް ނިސްބަތްވާ މެމްބަރުންވަނީ މިއީ މިހާލަތުގައި ސަރުކާރުން އެއްވެސް ބޭނުމެއްނެތި ބޭކާރު ޚަރަދު ކުރުމަށް ހުށަހަޅުއްވާފައިވާ ޤަރާރެއްކަމަށެވެ. ޒުވާނުންގެ ތެރޭގައި މިއަދުހުރި މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި އަމިއްލަ މަސްލަހަތަށް ބޭނުންވާ ކަންކަން ކުރުމަށް މިފަދަ ކަންކަން ކުރުމަށްވުރެ މުޖުތަމައުގައި ހުރި މައްސަލަތަކުގެ ތެރެއިން ބޯހިޔާވަހިކަމާއި، ވަޒީފާގެ ފުރުސަތު ތަނަވަސް ކުރުމަށް އިދިކޮޅު މެމްބަރުން ވަނީ މިއަދުގެ ޖަލްސާގައިވެސް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސާއިހާ
ބިރުވެރިކަމެއް سبحن اللله ދީނީ ޢިލްމުވެރިން ކޮބާތަ؟ މިގައުމުގެ ނިމުން ކައިރިވެއްޖެ اللله اگبر
އ އާމީން
ބިރުވެރިކަމެއް سبحن اللله ދީނީ ޢިލްމުވެރިން ކޮބާތަ؟ މިގައުމުގެ ނިމުން ކައިރިވެއްޖެ اللله اگبر
H Hajam
Miadhu dhivehin nakee lolah fenunas kanthatha evunas loafan kanubaeh???
އ އާމީން
ބިރުވެރިކަމެއް سبحن اللله ދީނީ ޢިލްމުވެރިން ކޮބާތަ؟ މިގައުމުގެ ނިމުން ކައިރިވެއްޖެ اللله اگبر
A Abdulla Mahir
Allaah ge launathah bireh sihuneh nethi dhajjaalu hedhigen ,ibilees hedhigen kavvalhuthakah ziyaaraiy koffumaai hamayah firuaunaai haamaanu ashi aboojahulu vess ulhunu!
A Ain
mihaathanah dhivehi Raajjeyge sarukaarakun kuraa emme dhoahalhi eh kanthah, music kulhe majaakollaa thaneh, hedhun
އ އަމާން
ނަޝީދޫ..........ނިމުން ކައިރި ވަނީ.........ދީނުގައި އޮތްގޮތް ނޫން ގޮތެއް ހޯދަން އުޅެގެން ކުރިންވެސް ވެރިކަން ވެއްޓުނީ. * ދިވެހިންނަކީ މޮޔައިން ކަމަށް ހީކުރަނީތަ.?
g golaa
mihaaru onnaane iyaazmenge karu budugai rangalhah hithi raha laafai