އޭދަފުށީ މަގުތަކަށް ނަލަކަން، ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފި

އޭދަފުށީ މަގުތަކަށް ނަލަކަން، ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފި

Author
މުޙައްމަދު ޝަޒައިމް
08 ފެބްރުއަރީ 2021 02:57
0

ބ.އޭދަފުށީ މަގުހެދުމުގެ މަސައްކަތުގެ ތާރުއެޅުމުގެ މަސައްކަތް އެމްޓީސީން ނިންމާލައިފިއެވެ.

އެމްޓީސީން ބުނެފައިވަނީ  ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %90 ނިމިފައިވާއިރު، މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ %80 ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ފެންހިންދާ ނިޒާމެއް ޤާއިމު ކުރުމާއި، މަގުތަކުގައި ތާރު އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 39.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.