އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އަދި، އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ އެންމެ ކުރީސަފުގައިު ހަރަކާތްތެރިވާ އިބްރާހިމް ޝުޖާ މިއަދު ހަވީރު 4 ޖަހާއިރު ފުލުހަށް ހާޒިވާން އަންގައިފިއެވެ.
އިދިކޮޅު ޕްރޮގްރޮސިވް ކޯލިޝަނުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާއި، އެއްވުންތަކުގައި އެންމެ އިސްސަފުގައި ހަރަކާތްތެރިވާ ޝުޖާއަކީ މުޒާހަރާ ތެރެއިން މިހާތަނަށް އެންމެ ގިނައިން ފުލަހަށް ހާޒިރުކޮށް، ފުލުހުންގެ ބަންދަށް ގެންގޮސްފައި އިދިކޮޅު ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅާއެވެ.
ޝުޖާ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި ވަނީ މިދިޔަ މަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއާ ގުޅިގެންނެވެ. އެ މުޒާހަރާއާ ގުޅިގެން މީގެކުރިން ޝުޖާ ހައްޔަރުވެސް ކުރިއެވެ. އަދި ފުލުހުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ވެސް ގެންދިޔައެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރު ނުކޮށް ކޯޓުން އޭނާ ދޫކޮށްލީއެވެ.
ނަމަވެސް ކޯޓުގައި ފުލުހުން ބުނެފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލު ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ)އާއި އެޕާޓިގެ ނާއިބު ރައިސް އިބްރާހީމް ޝުޖާޢު (ބާރަށު ޝުޖާ) އަކީ މުޖުތަމަޢުއަށް ހުރި ނުރައްކަލެއްކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ އިޙްތިޖާޖަކީ ސުލްހަވެރިކޮށް ކުރިއަށްގެންދާ އިހުތިާޖުތަކެއްކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ. އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުންދަނީ ސީދާ ހަރަކާތަށް ނުކުންނާނެކަމުގެ އިންޒާރު ދުރާލާ ދިނުމަށްފަހުއެވެ.
ކޮމެންޓު ފޮނުވާ