ފަންނާނުންގެ ހައްގު ވަނީ ނިގުޅައިގަނެފަ، ފަންނާނުންނާއި ބައްދަލުކުރަން ބޭނުން: ޖާބިރު

ފަންނާނުންގެ ހައްގު ވަނީ ނިގުޅައިގަނެފަ، ފަންނާނުންނާއި ބައްދަލުކުރަން ބޭނުން: ޖާބިރު

Author
މުޙައްމަދު ޝަޒައިމް
08 ފެބްރުއަރީ 2021 11:34
0

ރާއްޖޭގެ ހުރިހާ މިއުޒީޝަނުންނާއި، ފަންނާނުންނާއި ބައްދަލުކޮށް އެބޭފުޅުންގެ ކަންބޮޑުވުމުގެ އަޑު އަހަން ބޭނުންވާކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ޖަލްސާއަށް ހުށަހެޅުނު ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ޤަރާރަށް ބަހުސް ކުރަމުން ޖާބިރު ވިދާޅުވީ ރާއްޖޭގެ ފަންނާނުންގެ އެތައް ހައްގެއް މިއަދު ނިގުޅައިގެންފައިވާކަމަށެވެ.

ޖާބިރު ވިދާޅުވީ މިއަދު ރާއްޖޭގައި ލަވަ ކިޔުމާއި، ނެށުމާއި، ސިޔާސީ ގޮތުން ދައްކަންޖެހޭ ވާހަކަ ދެއްކުމާއި، އެނޫންވެސް އެކި ކަންކަމަށް ބަސް ބުމުގެ ހައްގު ނިގުޅައިގަނެފައިވާކަމަށެވެ. ޖާބިރު ވިދާޅުވީ ރާއްޖޭގެ ފަންނާނުންނަށް މިއަދު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ނުކުރާކަމަށެވެ. އެބޭފުޅުންނަށް އެކަށީގެންވާ އާމްދަނީއެއް ނުލިބި، ދިމާވާ މައްސަލަތައްވެސް ސަރުކާރުން އަޑު އަހާލާންވެސް ބޭނުން ނުވާކަމީ ފެންނަމުންދާ މަންޒަރުކަމަށެވެ.

ނަމަވެސް ފަންނާނުންނަކީވެސް އެބޭފުޅުންގެ ހުރި މައްސަލަތައް މަޖިލީހާއި ހިއްސާ ކުރެވެންޖެހޭ ބަޔަކަށްވާއިރު އެފުރުސަތު ދިނުމަށް ޖާބިރުވަނީ ގޮވާލާފައެވެ. އަދި ރާއްޖޭގެ ހުރިހާ ފަންނަނާނުންނާއި ބައްދަލުކޮށް އެބޭފުޅުންގެ ކަންބޮޑުވުން ސަރުކާރާއި ހިއްސާ ކުރަން ބޭނުންވާކަމަށް ޖާބިރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.