އިންޖެކްޝަން ބޭނުން ކޮށްގެން ނުވަތަ ނޭފަތަށް އަޅައިގެން ދެވޭގޮތަށް އިރާނުން ތައްޔާރުކުރިން އާ ކޯވިޑް ވެކްސިން އެގައުމުގައި ތައާރަފް ކޮށްފިއެވެ.
އިރާނު ރާޒީ ވެކްސިން ކުންފުންޏާ އަދި ސީރަމް ރިސާޗް އިންސްޓިޓުޓް ގުޅިގެން އުފެއްދި މިވެކްސިން އިންސާނުންނަށް ދީގެން ތަހުލުކުރުމަށް މާދަމާ ފަށާގޮތަށްވެސް މިހާރު އެގައުމުން ވަނީ ނިންމާފައެވެ.
ކޮވް-ޕާރސް (Cov-Pars)ގެ ނަމުން ނަންދެވިފައިވާ މިވެކްސިނަކީ އިންޖަކްޝަންގެ ޒަރީއާއިންވެސް އަދި، ނޭފަތަށް އަޅައިގެންވެސް ދެވޭގޮތަށް، ރީކޮމްބިނަންޓް ޕްރޮޓީން ބޭނުން ކޮށްގެން އީޖާދު ކޮށްފައިވާ ވެކްސިނެވެ.
މިވެކްސިން ތައާރަފްކުރުމަށް ބޭއްވުނު ރައްސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އީރާނުގެ ހެލްތު މިނިސްޓަރ ސައިދު ނަމަކީ ވިދާޅުވީ ކުރިޔަށްއޮތް މަދު މަސްތަކެއްގެ ތެރޭގައި، މުޅި ދުނިޔޭގައިވެސް ވެކްސިން އުފެއްދުމުގެ މައި ހަބު ކަމުގައި އިރާން ވެގެންދާނެ ކަމުގައެވެ.
އީރާނުގެ ބަރަކަތު ފައުންޑޭޝަނުން ޚަރަދު ކޮށްގެން އެގައުމުން އުފެއްފި ކޯވިޑް19ގެ ފުރަތަމަ ވެކްސިން މިހާރުވަނީ އެތަކެއް ވޮލަންޓިޔަރުންނަށް ދީފައެވެ. މިއިން އެއްވެސް މީހެއްގެ ކިބައިން ވެކްސިނާ ގުޅުންހުރި އެއްވެސް މައްސަލައެއް މިހާތަނަށް ފާހަގަ ކުރެވިފައެއް ނުވެއެވެ.
އިރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ވާލްޑް ބޭންކުން ކުރިޔަށް ގެންދާ ކޯވެކްސް ޕްރޮގްރާމްގެ ދަށުން އިރާނަށް 16 މިލިއަން ވެކްސިން އެތެރެކުރުމުގެ ފުރުސަތު ލިބިގެން ދާއިރު، ދުނިޔޭގެ އެކި ގައުމުތަކުން 25 މިލިއަން ޑޯޒް އެގައުމަށް އެތެރެކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އިތުރު 25 މިލިއަން ޑޯޒްގެ ވެކްސިން އެގައުމުން އަމިއްލައަށް އުފެއްދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އިރާނުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއިން މައުލޫމާތު ދޭގޮތުގައި އެގައުމުން ވަނީ، ރަޝިއާއިން އުފައްދާފައިވާ Sputnik V ވެކްސިންގެ 2 މިލިއަން ޑޯޒް ގަނެފައެވެ. އަދި މީގެ ފުރަތަމަ ޝިޕްމަންޓް މިމަހުގެ 4 ވަނަ ދުވަހު އެގައުމަށް ލިބިފައިވާ ކަމަށްވެސް އިރާނުގެ ރަސްމީ އިދާރާތަކުން ވަނީ ބުނެފައެވެ.
މިފަހްތާގައި އިރާނަށް އެތެރެކުރިން ވެކްސިން ޝިޕްމަންޓުން އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، ސިއްހީ އެހީތެރިންނަށާއި އަދި މެޑިކަލް ސްޓާފުންނަށެވެ.
އިރާނުން އަމިއްލައަށް އުފެއްދި ކޯވިޑް19ގެ ފުރަތަމަ ވެކްސިންގެ 3 ޑޯޒް އެގައުމުންވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެގައުމުގެ 3 ރައްޔިތެއްގެ ގަޔަށް ޖަހާފައެވެ. މީގެތެރޭގައި ހިމެނޭ އިރާންގެ އެންމެ ފުރަތަމަ ރައްޔިތަކީ، ވެކް އުފެއްދި ކުންފުނި ކަމުގައިވާ، ސެޑަޓް ކުުންފީގެ ޗީފްގެ އަންހެން ދަރިފުޅަށެވެ. އަދި، މިވެކްސިނާއިމެދު އާންމުގެ ހިތްތަކުގައި އިތުބާރު އުފެއްދުމުގެ ގޮތުން މީގެއިތުރަށް ސެޑަޓް ކުންފުނީގެ އިތުރު އިސް 3 މުވައްޒަފެއްގެ ގަޔަށްވެސް ވަނީ މިވެކްސިން ޖަހާފައެވެ.
މީގެއިތުރުން އިރާނުން މިހާރުވަނީ އެގައުމުން އުފެއްދި ކޯވިޑް19 ވެކްސިންގގެ އެންމެ މަދުވެގެން 32 ޑޯޒުގެ ވެކްސިން ދީފައެވެ. އަދި މީގެ އިތުރުން، އިތުރު 56 މީހަކު އަންނަ ފެބްރުއަރީމަހުގެ ފަހުކޮޅު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާނެއެވެ.
އިރާނުގެ ވެކްސިން އުފައްދާ ކުންފުނި، ސެޓަޑްއިން ބުނެފައިވަނީ، އެކުންފުނިން މިހާރު ޕްލޭންކޮށްފަ އޮތީ، އެކުންފުނިން އުފެއްދި ކޯވިރާން ބަރަކާތުގެ 1-2 މިލިއަން ވެކްސިން ޑޯޒު، އިރާނުގެ ކަލަންޑަރުން އަހަރުގެ އެންމެ ފަހު މަސް ކަމުގައިވާ މާރޗް މަހުގެ ފަހުކޮޅާއި ހަމައަށް ދާއިރަށް އުފެއްދުމެވެ. އަދި އޭގަފަހުން ދެމަސްދުވަހުގެ ތެރޭގައި 10 މިލިއަން ވެކްސިން އުފެއްދުމެވެ.
ކޮމެންޓު ފޮނުވާ