ކޮރަލް މަތިވެރި ފުޓްސަލް ލީގު: ވެލިބީޗު ބަލިކޮށް ލީގުނެގުމާއި ގާތަށް ވޭލިއަންޓް ޖެހިލައިފި

ކޮރަލް މަތިވެރި ފުޓްސަލް ލީގު: ވެލިބީޗު ބަލިކޮށް ލީގުނެގުމާއި ގާތަށް ވޭލިއަންޓް ޖެހިލައިފި

Author
މުޙައްމަދު ޝަޒައިމް
06 ފެބްރުއަރީ 2021 02:19
0

ކޮރަލް މަތިވެރި ފުޓްސަލް ލީގުގެ ފަހު ބުރުގައި ރޭ ކުޅުނު ފަހު މެޗާއި ހަމަޔަށް ލީގުގެ އެއްވަނަ ދިފާއު ކުރަމުން އަންނަ ވެލި ބީޗު ބަލިކޮށް ވޭލިއަންޓު މުބާރާތުގެ ޗެންޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު ހޯދައިފިއެވެ.

ވާދަވެރި، ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގައި ދެޓީމުންވެސް މެޗުން މޮޅުވާން ވަނީ މަސައްކަތްކޮށްފައެވެ. ދެޓީމުގެ ފަރާތުންވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިއިރު، ދެޓީމުގެ ގޯލް ކީއްޕަރުންގެ ފަރާތުން މިމެޗުގައި މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ރޭގެ މެޗު ވޭލިއަންޓުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.

މިމަޗުގައި ވެލި ބީޗުގެ ހަމަ އެކަނި ލަޑު ޖަހައިދިނީ މުހައްމަދު ޝަފްރާޒު އެވެ. ވޭލިއަންޓުގެ ފުރަމަ ޖެހީ މުހައްމަދު މައިޝަމް އެވެ. އަނެއް ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މުހައްމަދު މިދުހަތުއެވެ. މެޗުގައި ދެޓީމުންވެސް މޮޅުވާ ކުރި ކުޅުނު ވަރުގަދަ ކުޅުމުގެ ސަބަބުން މިމެޗަކީ މުބާރާތުގައި އެންމެ ގިނަ ކާޑުވެސް ފެނިގެން ދިޔަ މެޗަށް ވަނީ ވެގެން ގޮސްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވޭލިއަންޓުގެ މުހައްމަދު މައިޝާން އެވެ.

މި މޮޅާއިއެކު ވޭލިއަންޓުވަނީ 16 ޕޮއިންޓާއިއެކު ލީގުގެ އެއްވަނައަށް ޖެހިލާފައެވެ. މިއާއިއެކު ލީގުގެ ފަހު މެޗުން ވޭލިއަންޓު މޮޅުވެއްޖެނަމަ ލީގު ޗެންޕިއަންކަން ކަށަވަރުވާނެއެވެ.

މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ކޮންމެ ޓީމެއްގައިވެސް މެޗު ކުޅޭއިރު ދަނޑު މަތީގައި 35 އަހަރުން މަތީގެ ކުޅުންތެރިޔަކު ހުންނަންޖެހެއެވެ. މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނެފައިވަނީ މިކަމުގެ މަގުސަދަކީ އުމުރުން ދުވަސްވީ މީހުންނަށްވެސް ފުރުސަތު ދިނުމެވެ.

މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހަބޭސް ބޮޑުބެރު ގްރޫޕެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިން އެވެ.

މިމުބާރާތަކީ އއ.މަތިވެރި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ލީގު އުސޫލުން ކުރިއަށް ގެންދާ 3 ލެގުގެ މުބާރާތެކެވެ. މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އެރަށުގެ އިޖުތިމާއީ، އަދި ތަރައްޤީގެ ގިނަ ކަންކަމުގައިވެސް އަމަލީގޮތުން ބައިވެރިވާ އެރަށުގެ ޒުވާނުން ހިމެނޭ ދެ ގްރޫޕެކެވެ. ރަށުގެ ތަރައްޤީގެ ކަންކަމުގެ އިތުރުން ޒުވާނުންގެ ތަރައްޤީއަށްޓަކައިވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަތިވެރީގައި ހިންގޭ ގިނަ ތަރައްޤީގެ ކަންކަމުގައިވެސް މި ދެ ގްރޫޕުގެ ޝާމިލުވުންބޮޑެވެ. އަމިއްލަ އިސްނެގުމަށްވެސް ރަށުގެ ކުރިއެރުމަށް މި ދެ ގްރޫޕުންވަނީ މުހިންމު މަސައްކަތް ތަކެއްކޮށްފައެވެ.

މަތިވެރީގެ ޒުވާނުންނާއި ރަށުގެ އިޖުތިމާއީ ކަންކަން ދިރުވައި އާލާކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް މި ދެގްރޫޕޫން ވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ކުރަންރޭވި ގިނަ ކަންތައްތަކެއް މަޑު ޖެހުނު ނަމަވެސް އަނެއްކާވެސް އެމަސައްކަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަކީ މަތިވެރީގައި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ޤުރުއާން މުބަރާތްތަކާއި، މަދަހަ މުބާރާތްތަކާއި، އެކި އުމުރުފުރާތަކަށް ހޭލުންތެރިކަމުގެ ގިނަ ޕްރޮގުރާމުތައް ހިންގަމުންދާ ދެ ގްރޫޕެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.