ހަމަހަމަ ފުރުޞަތު ނުދޭ މައްސަލާގައި އެމްއެމްސީން ހެލްތު މިނިސްޓަރާއި ބައްދަލުކޮށްފި

ހަމަހަމަ ފުރުޞަތު ނުދޭ މައްސަލާގައި އެމްއެމްސީން ހެލްތު މިނިސްޓަރާއި ބައްދަލުކޮށްފި

Author
މުޙައްމަދު ޖިމީ
31 ޖެނުއަރީ 2021 11:56
0

ހެލްތު މިނިސްޓްރީން މީޑިއާތަކަށް ހަމަހަމަ ފުރުޞަތު ނުދޭ މައްސަލާގައި، މޯލްޑިވްސް މީޑއާ ކައުންސިލް (އެމްއެމްސީ)އިން ހެލްތު މިނިސްޓަރާއި ބައްދަލުކުރައްވައިފިއެވެ.

ހެލްތު މިނިސްޓްރީން ބާއްވާ އިވެންޓުތަކުގައި ހުރިހާ މީޑިއާއަކަށް ދަޢުވަތު ނުދީ، ހަމައެކަނި ބައެއް މަދު މީޑިއާތަކަށް ދަޢުވަތުދޭ މައްސަލާގައި މީޑިއާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމުގެ ޝަކުވާ މީޑިއާ ކައުންސިލަށްވެސް ހުށައަޅަފައިވެއެވެ. ފަހަކަށް އައިސް އެ މިނިސްޓްރީން ބޮޑެތި އިވެންޓްތަކެއް ބާއްވާފައި ވީނަމަވެސް، ދަޢުވަތު ދީފައިވަނީ ދައުލަތުގެ މީޑިއާއާއި، ރާއްޖެ ޓީވީފަދަ މަދު މީޑިއާއަކަށެވެ. މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ވައިބަރ ގްރޫޕްގައިވެސް މީޑިއާއަކުން އެކަމުގެ ޝަކުވާކޮށްފައިވެއެވެ.

އެހެންކަމުން މީޑިއާ ކައުންސިލުން މިއަދު ވަނީ ހެލްތު މިނިސްޓަރާއި ބައްދަލުކުރައްވާ އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އަދި އެކަމަށް ޙައްލެއް ހޯދައި ދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ. މި ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީއާއި، ނާއިބު ރައީސް ޙުސައިން ޝަޤީފްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ހެލްތު މިނިސްޓަރާއި، ބައެއް އިސްވެރިން ބައިވެރިވެވަައިގަތެވެ.

މީޑިއާތަކާއި މެދ ތަފާތުކުރުން ގެންގުޅޭއިރު، އެއީ އެ މިނިސްޓާރީގައި މީގެ ކުރިން ގެންގުޅޭތަފާތުކުރުމެއްކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.