ވެކްސިނާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކުން ދައްކާ ވާހަކަ ތަޙްޤީޤްކުރުމަށް މޫސަ ގޮވާލައިފި

ވެކްސިނާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކުން ދައްކާ ވާހަކަ ތަޙްޤީޤްކުރުމަށް މޫސަ ގޮވާލައިފި

Author
މުޙައްމަދު ޖިމީ
31 ޖެނުއަރީ 2021 11:18
0

ކޯވިޑް-19ގެ ވެކްސިނާ ބެހޭ ގޮތުން ސިޔާސީ ޕާޓީތަކުން ކުރާ ސިއްހީ ދިރާސާ ތަހުގީގުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގޮވާލައްވައިފިއެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިނަކީ ރައްކާތެރިކަމާ މެދު އިދިކޮޅުން ސުވާލު އުފައްދަމުންދާތީ އެކަމަށް ރައްދު ދެއްވަމުން މޫސާ މަނިކު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުން ޖާގަނުދޭ ކަންކަން އެއްވެސް ޕާޓީ އަކުން ކުރާނަމަ އެކަމުގެ މުހިއްމުކަމަށް ބަލަންޖެހޭނެކަމަށެވެ. އަދި ރައްޔަތުންގެ ޢާއްމު ސިއަހަތާ ގުޅިފައިވާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން ޕާޓީތަކުގެ ޓެކްނިކަލްޓީމުން ކުރާ ސިއްހީ ދިރާސާ ތަޙްޤީގްކުރަންޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާސީޕާޓީތަކުގެ ޤާނޫނުން ޖާގަނުދޭ ކަންކަން އެއްވެސް ޕާޓީ އަކުން ކުރާނަމަ އެކަމުގެ މުހިއްމުކަމަށްބަލަންޖެހޭނެ، ރައްޔަތުންގެ ޢާއްމުސިއަހަތާގުޅިފައިވާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން ޕާޓީތަކުގެ ޓެކްނިކަލްޓީމުން ކުރާސިއްހީ ދިރާސާ ތަޙްޤީގްކުރަންޖެހޭނެ؟

– ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިނަކީ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ވެކްސިނެއް ކަމަށް ބުނެ އިދިކޮޅުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގައި ދަނީ ގޮވާލަމުންނެވެ. އަދި އެންމެ ފުރަތަމަ އެ ވެސްސިން ޖައްސަލަވަން ޖެހޭނީ ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙްކަމަށްވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.