މިއަދު 122 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

މިއަދު 122 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
30 ޖެނުއަރީ 2021 10:01
0

ރާއްޖެއިން އިތުރު 122 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއަދު ޕޮޒިޓިވްވި 122 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 90 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 25 މީހުންނާއި، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 4 މީހުންނާއި، ސަފާރީތަކުން ޕޮޒިޓިވްވި 3 މީހެކެވެ.

މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 15،736 އަށް އަރާފައެވެ. މިހާރު މިބައްޔަށް ފަރުވާދެމުން އަންނަ މީހުންގެ ޢަދަދު 1500 އިން މައްޗަށް އަރާފައިވާއިރު، 1،582 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި އޭގެތެރެއިން 152 މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަނގަޅުވީ 32 މީހުންނެވެ. މިއާއެކު މިހާތަނަށް 14،096 މީހުން މިބަލިން ރަނގަޅުވެފައިވެއެވެ. އަދި އެ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑަށް ޓެސްޓްކުރުމަށް ނެގި 3،535 ސާމްޕަލާއެކު މިހާތަނަށް 407،145 ސާމްޕަލް ރާއްޖޭގައި ނަގާފައިވެއެވެ.

ކޯވިޑް ބަލިމަޑުކަމުގައި 51 މީހަކު ވަނީ ނިޔާވެފައެވެ. އެއީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.