ޢަދަދުތައް މަތީގައި، މިއަދު 118 މީހުން ޕޮޒިޓިވް

ޢަދަދުތައް މަތީގައި، މިއަދު 118 މީހުން ޕޮޒިޓިވް

Author
މުޙައްމަދު ޖިމީ
29 ޖެނުއަރީ 2021 10:01
0

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް މައްޗަށް އަރަމުންގޮސް މިއަދުވެސް 118 މީހުން ޕޮޒިޓިވްވެއްޖެއެވެ.

މިރޭގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި 118 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 87 މީހުންނާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 21 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 10 މީހުންނެވެ.

މިއާއެކު ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 15،614 އަށް ވަނީ އަރާފައެވެ. ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އަނެއްކާވެސް މައްޗަށް އަރާފައިވާއިރު، މިހާރު މިބަލީގައި ފަރުވާދެމުން އަންނަނީ 1،492 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 142 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 36 މީހެކެވެ. މިއާއެކު މިހާތަނަށް ޖުމްލަ 14،064 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑަށް ޓެސްޓްކުރުމަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނަގާފައިވާ 2،902 ސާމްޕަލާއެކު މިހާތަނަށް ނެގި ސާމްޕަލްތަކުގެ ޢަދަދު 403،645 އަށް ވަނީ އަރާފައެވެ. ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 51 މީހެކެވެ. އެއީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.