ކެނޑިޑޭޓުން ނަން އަނބުރާ ނެގުމުގެ ފަހު ތާރީޚަކީ ފެބުރުއަރީ 11

ކެނޑިޑޭޓުން ނަން އަނބުރާ ނެގުމުގެ ފަހު ތާރީޚަކީ ފެބުރުއަރީ 11

Author
މުޙައްމަދު ޖިމީ
28 ޖެނުއަރީ 2021 08:04
0

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތި އަންނަ މަހުގެ11 އާއި ހަމައަށް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އީސީން ބުނީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ކެނޑިޑޭޓުންނަށް އެފުރުޞަތު އަންނަ މަހުގެ 11 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ލިބޭނެކަމަށެވެ. ކެނޑިޑޭޓު ކަމަށް ކުރިމަތިލާފައިވާ މީހުންގެ ނަންތައް އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ23 ޖޫން 2020 ގައެވެ. މިހާތަނަށް 114 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ. މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 4 ވަނަދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސަންސެޓް ޤާނުނުގެ ގޮތުގައި މަޖިލީހުން ހާއްސަ ޤާނުނެއް ފާސްކުރިއެވެ. އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މެއިމަހުގެ 9 ވަނަދުވެހެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިހާރު އެކުލަވާލާފައިވާ ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބޭއްވުމަކީ ކުރެވޭނެ ކަމެއްނޫންކަމަށެވެ. ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބާއްވައިފިނަމަ ކޯޓުން އިންތިޚާބު ބާޠިލު ކުރުމުގެ ފުރުސަތު ބޮޑުވެ، ދައުލަތުން މިކުރާ ޚަރަދު އަލުން ކުރަންޖެހުމަކީ ގާތްކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އިންތިޚާބު ބާއްވަން އިތުރު 45 މިލިޔަން ރުފިޔާ ބޭނުންވާކަމަށާއި، އިންތިޚާބަށް ޖުމްލަ95 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.