ނުހައްގުން ދިން އަނިޔާތަކަށް މިއަދު އިންސާފު ލިބިއްޖެ: ޔުމްނާ

ނުހައްގުން ދިން އަނިޔާތަކަށް މިއަދު އިންސާފު ލިބިއްޖެ: ޔުމްނާ

Author
މުޙައްމަދު ޖިމީ
28 ޖެނުއަރީ 2021 06:34
0

ބޭއިންސާފާ ދެކޮޅަށް ކުރި މަސައްކަތުން، ނުހައްގުން ދިން އަނިޔާތަކަށް މިއަދު އިންސާފު ލިބިފައިވާކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވެފައިވަނީ ޝަރީޢަތް ނިމެންދެން ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫން ބަންދުކުރުމަށް 18 ޖުލައި 2017 ގައި ނެރުނު ޢަމުރަކީ ބާތިލް އަމުރެއްކަމަށް މިއަދު ހައިކޯޓުން ޢަމުރުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ޔުމްނާ ވިދާޅުވީ، ބޭއިންސާފާއި ދެކޮޅަށް އިސްނަގައި އިސްލާޙަށް މަސައްކަތް ކުރުމުން ނުޙައްޤުން ދިން އަނިޔާތަކަށް މިއަދު އިންސާފު ލިބިއްޖެކަމަށެވެ.

ފާރިސް މައުމޫން އޭރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައެއެވެ. އޭނާ ހައްޔަރުކުރުގެ އަމުރަކަށް ޕީޖީން އެދުމުން އެ އަމުރު ނެރެފައިވަނީ 19 ޖުލައި 2017ގައެވެ. އޭނާއާދެކޮޅަށް ހެކިލިބިފައިވާކަމަށް ކުރިން ފުލުހުންވަނީ ބުނެފައެވެ. ފާރިސް ދިރިއުޅުއްވާގެ ބަލައި ފާސްކޮށް ބައެއްތަކެތިވެސް ފުލުހުން އޭރު ގެންގޮސްފައިވެއެވެ.

ފާރިސް ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އޭނަގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރިއިރު 11 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. ހައިކޯޓުން މިމއްސަލަ ބައްލަވާ މިއަދު ކުރި ޙުކުމުގައި ވަނީ ފާރިސް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނުޢަމުރު ބާޠިލްކޮށްފައެވެ. މިމައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
ބައްޕާ ފުޅާ އާއިލާގެ އަބުރު ކަތިލި މީހުންގެ ތޮއްވަރިޔަށް ވަދެ..
A Ahmed jaleel
Bappaafulhu dhivehi Rayyithunnah nuhaggun dhin aniyaa thakah ves insaaf libeyne dhuvaheh ebaoiy Kan handhaan kolaadhinee