އަނެއްކާވެސް 14 ކެނޑިޑޭޓެއް ނަން އަނބުރާ ނަގައިފި

އަނެއްކާވެސް 14 ކެނޑިޑޭޓެއް ނަން އަނބުރާ ނަގައިފި

Author
މުޙައްމަދު ޖިމީ
28 ޖެނުއަރީ 2021 06:10
0

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން 14 ކެނޑިޑޭޓެއްގެ ނަން އަނބުރާ އަނެއްކާވެސް ނަގައިފިއެވެ.

ނަން އަނބުރާ ނެގި ކެނޑިޑޭޓުންގެ ތެރޭގައި އެންމެ ގިނައީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. އެގޮތުން އެމްޑީޕީގެ 7 ކެނޑިޑޭޓުން ހިމެނެއެވެ. ދެން ހިމެނެނީ ޕީޕީއެމްގެ 2 ކެނޑިޑޭތުންނާއި އަމިއްލަ ގޮތުން ވާދަކުރި 5 ކެނޑިޑޭޓުންނެވެ.

އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭތުންގެ ތެރެއިން ނަން ނަގާފައިވަނީ މ.ދިއްގަރު ކައުންސިލަށް ވާދަކުރި ކެނޑިޑޭޓަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ޅ. ހިންނަވަރު، ލ. މުންޑޫ، ރ. އިންނަމާދޫ، ށ. މަރޮށި ދާއިރާއަށް ވާދަކުރި ކެނޑިޑޭޓުންނެވެ. އަދި ބ. ފުޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ދެ ކެނޑިޑޭޓަކުވެސް ނަން އަނބުރާ ނަގާފައިވެއެވެ.

ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ނަގާފައިވަނީ ރ. ރަސްގެތީމާއި، މާކުރަތު ކައުންސިލަށް ވާދަކުރާ ކެނޑިޑޭޓެކެވެ. އަދި އަމިއްލަ ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ގދ. ހޯނޑެއްދޫ، ލ.ކަލައިދޫ ކައުންސިލަށް ވާދަކުރި ކެނޑިޑޭޓުންނާއި ގދ.ނަޑެއްލާ ކައުންސިލަށް ވަދަކުރި ދެ ކެނޑިޑޭޓުންނެވެ. އަދި ސ.މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓަކުވެސް ހިމެނެއެވެ.

އެހެންކަމުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް ނަން އަނބުރާ ނަގާފައިވާ ކެނޑިޑޭޓުންގެ ޢަދަދު ވަނީ 114 އަށް އަރާފައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ އޭޕްރީލް 10 ގައެވެ. އިންތިޚާބުގައި ކެންޑިޑޭޓުން ނަން ނެގިޔަސް، އަލުން ކުރިމަތިލުމަށް ހުޅުވާ ނުލާނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.