ހައިލަމް ޕީޖީއަށް: ޤާނޫނާއި ޚިލާފަށް މަސްލަހަތު ކަނޑައެޅުމުގެބާރު ލިބިގެނެއް ނުވޭ

ހައިލަމް ޕީޖީއަށް: ޤާނޫނާއި ޚިލާފަށް މަސްލަހަތު ކަނޑައެޅުމުގެބާރު ލިބިގެނެއް ނުވޭ

Author
މުޙައްމަދު ޖިމީ
28 ޖެނުއަރީ 2021 05:34
0

ޤާނޫނާ ޚިލާފަށް މަޞްލަޙަތު ބޮޑުގޮތް ކަނޑައެޅުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިވަޑައި ނުގަންނަވާކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޟީ އަޙްމްދު ހައިލަމް ވިދާޅުވެއްޖެއެވެ. 

ހައިލަމް މިހެން ވިދާޅުވެފައި މިވަނީ، ހުޅުމާލެ އަޒީޒާ މިސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާއަށް ދަޢުވާ ނުކޮށް ޑީޕޯޓް ކޮށްލީ ދަޢުވާ ކުރުމަށްވުރެ ޑީޕޯޓްކޮށްލުން މަސްލަޙަތު ބޮޑު ކަމަށް ފެންނާތީ ކަމަށް ޕީޖީ ވިދާލުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ.

ހައިލަމް ވިދާޅުވީ، ކުށެއް ކުރުމުގައި މީހަކަށް ޙަމަލާ ދީފައިވާނަމަ، ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ ދަޢްވާކުރުން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ޤާނޫނާ ޚިލާފަށް މަޞްލަޙަތު ބޮޑުގޮތް ކަނޑައެޅުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިވަޑައި ނުގަންނަވާކަމަށެވެ. ޕީޖީ މިހެން ވިދާލުވެފައިވަނީ ޤާނޫނުގައި އެގޮތަސް ބަޔާންކުރާ މައްދާއާއެކު ކުރެއްވި ޓްވީޓެއްގައެވެ.

ހުޅުމާލެ އަޒީޒާ މިސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާއަށް ދަޢުވާ ނުކޮށް ޑީޕޯޓް ކޮށްލީ ދަޢުވާ ކުރުމަށްވުރެ ޑީޕޯޓްކޮށްލުން މަސްލަޙަތު ބޮޑު ކަމަށް ފެންނާތީ ކަމަށް ޕީޖީ ވިދާލުވުމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ ޕީޖީޢަށް އަމާޒުވެފައެވެ.

ސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާއަށް ދަޢުވާ ނުކޮށް ޑީޕޯޓްކޮށްލަން ނިންމީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ މައްސަލައިގެ ޒާތާއި ބާވަތަށާއި، ލިބިފައިވާ ގެއްލުމާއި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރިއިރު މި މައްސަލާގައި ޖިނާއީ ދަޢުވާއެއް ކުރުމަށްވުރެ މަސްލަޙަތު ބޮޑީ ތުހުމަތުކުރެވޭ ފަރާތް ޑީޕޯޓްކޮށްލުމުން ކަމަށް އެ އޮފީހަށް ފެނުނު ކަމަށެވެ. މި ނިންމުން ނިންމުމުގެ ކުރިން މައްސަލާގައި އަނިޔާލިބުނު ފަރާތާ މަޝްވަރާކޮށް މައްސަލަ ކުރިއަށްގެންދިއުމާމެދު ދެކޭގޮތް ބަލާފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.