ފަހަތުން އަރައި އާސެނަލް މޮޅުވެއްޖެ

ފަހަތުން އަރައި އާސެނަލް މޮޅުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
27 ޖެނުއަރީ 2021 11:02
0

އިގުރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ކުޅުނު އާސެނަލް ކުޅުނު މެޗު ފަހަތުން އަރައި މޮޅުވެ ލީލުގެ ކުރިއަށް ޖެހިލައިފިއެވެ.

ސައުތެމްޓަން އާއި ދެކޮޅަށް އާސެނަލް ކުޅުނު މިމެޗް ކާމިޔާބުކުރީ 3-1 ނަތީޖާއަކުންނެވެ. މިމެޗުގައި ފުރަތަމަ ލީޑުނަގައި މެޗް ޑޮމިނޭޓް ކުރީ ސައުތެމްޓަނުންނެވެ. ނަމަވެސް ސްޓުއާޓް އާމްސްޓްރޯންގްގެ ގޯލުން ސައުތެމްޓަން ލީޑުނަގާފައިވަނިކޮށް އާސެނަލް ވަނީ ކުޅުން ރަނގަޅުކޮށް ސައުތެމްޓަން ގޯލަށް ނުރައްކާ ކޮށްފައެވެ. އާސެނަލް އިން ވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފުގައި ސައުތެމްޓަން ގެ މައްޗަށް ކުރި ހޯދާފައެވެ.

ނިކޮލަސް ޕެޕޭގެ ގޯލުން އެއްވަރުކުރިއިރު، ލީޑުނެގީ ބުކާޔޯ ސާކާ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި އާސެނަލްގެ އަނެއް ގޯލު ޖެހީ އަލެކްސަންޑަ ލަކަޒޭޓް އެވެ.މި މޮޅާ އެކު އާސެނަލް ވަނީ ލީގުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 20 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.