ގޮތްދޫކޮށް ސިޓީ ކައުންސިލުން މުސާރަ އާންމުކޮށްފި، މޭޔަރުގެ ކާރުކޮޅު ޚަރަދު 90،000 ރުފިޔާ

ގޮތްދޫކޮށް ސިޓީ ކައުންސިލުން މުސާރަ އާންމުކޮށްފި، މޭޔަރުގެ ކާރުކޮޅު ޚަރަދު 90،000 ރުފިޔާ

Author
މުޙައްމަދު ޖިމީ
26 ޖެނުއަރީ 2021 05:34
0

މާލޭ ސިޓީކައުންސިލްގެ މުސާރައިގެ އޮނިގަނޑާ ގުޅޭ މަޢުލޫމާތު ދިނުމަށް ދެކޮޅު ހެދުމަށްފަހު، އިންފޮމޭޝަން ކޮމިޝަނަރުގެ އެންގެވުމަށް އެންމެފަހުން މުސާރައިގެ އޮނިގަނޑު އާންމުކޮށްފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން މާލެސިޓީ ކައުންސިލްގެ މުސާރައިގެ އޮނިގަނޑުގެ މަޢޫލޫމާތު ހޯދުމަށް އެދުނީ ކ. ކެޓްލިން، އައިމަން ލަތީފުއެވެ. އޭނާގެ އެދުމަށް އިންފޮމޭޝަން ކޮމިޝަނަރު ވަނީ ސިޓީ ކައުންސިލުން އެ މަޢުލޫމާތު ދިނުމަށް އަންގާފައެވެ. އަދި އެ މަޢޫލޫމާތު ޢާންމުކުރުމުގެ މުއްދަތު ހަމަވާނީ މިއަދަށެވެ. ނަމަވެސް މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ އެއީ ޒާތީ މަޢުލޫމާތެއްކަމަށް ބުނެ އެ މަޢޫލޫމާތު ދިނުމަށް އިންކާރު ކޮށްފައެވެ.

ނަމަވެސް ސިޓީ ކައުންސިލުން އެންމެފަހުން ގޮތްދޫކުރައްވާ ޢާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން ސިޓީ ކައުންސިލްގެ މުވައްޒފުންގެ މުސާރައަށް ކޮންމެ މަހަކު 3،462،942.60 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.  524 މުވައްޒަފުން މަސައްކަތްކުރާ އެ ކައުންސިލްގައި 192 މުވައްޒަފުންނަކީ ބިދޭސީންނެވެ. ދިވެހި މުވައްޒަފުންނަށް ޖުމްލަ 2،672،880 ރުފިޔާ މަހަކު ހޭދަކުރާއިރު، ބިދޭސީ މުވައްޒަފުންނަށް ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ހޭދަކުރަނީ 790،065 ރުފިޔާ ޚަރަދުކުރެއެވެ.

މާލޭމާލެސީޓީ ކައުންސިލްގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި ކޮންމެް މަހަކު 382،500 ރުފިޔާހޭދަކުރާއިރު، އެންމެ ބޮޑު މުސާރައެއް ލިބެނީ މޭޔަރު ސިފާ މުޙައްމަދަށެވެ. އެކަމަނާއަށް މަހަކު 47،500 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވައެވެ. ޑެޕިޓީ މޭޔަރު ސަމާޢު ޝަރީފަށް 35،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. ކައުންސިލް މެމްބަރުންނަށް ލިބިވަޑައިގަންނަވަނީ 30،000 ރުފިޔާގެ މުސާރައެކެވެ.

މީގެ އިތުރުން އެތަފާސް ހިސާޞުތައް ދައްކާގޮތުން މޭޔަރުގެ ކާރުކޮޅޫގެ ޙަރަދަށް އެކަނިވެސް ކޮންމެ އަހަރަކު ދައުލަތުން 90،000 ރުފިޔާ ޚަރަދުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.