ހުޅުމާލޭގައި ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
26 ނޮވެމްބަރ 2026 10:16
0

 

ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނެވެ. އެއާ ގުޅިގެން ފުލުހުން ރޭ 10:50 ހާއިރު އެ ސަރަހައްދަށް ދިޔައެވެ. އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓް ވަޅިއަކާއި ކަޓަރެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ވެސް ފެނުނެވެ.

އެ ސަރަހައްދު އިތުރަށް ބެލިއިރު، އިތުރު ދެ ބަޔޮނެޓް ވަޅި ވެސް ފެނުނު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ވެސް ރޭ ހުޅުމާލޭގެ އެހެން ސަރަހައްދަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.