ޝާހިދުގެ ބަންދު އިސްތިއުނާފުގެ ހުކުމް މިއަދު

ޝާހިދުގެ ބަންދު އިސްތިއުނާފުގެ ހުކުމް މިއަދު

Author
އަހުމަދު
22 ނޮވެމްބަރ 2026 09:15
0

ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރި އަމުރާ ދެކޮޅަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ ހުކުމް، ހައި ކޯޓުން މިއަދު މެންދުރު 13:15 ގައި އިއްވާނެ އެވެ.

ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ކޯޓު އަމުރަކާ އެކު ކަމަށް ފުލުހުން ބުނެއެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ބަންދުގެ އަމުރު ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށް ބާއްވައި ނިންމާލީ ވޭތުވެދިޔަ ހަފްތާގަ އެވެ. އިތުރަށް ސާފުކުރަންޖެހޭ ކަމެއް ނެތްނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ.

ހައްޔަރުކުރުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރާ ވާހަކަތަކަކީ އަސްލެއް ނެތް ދޮގު ކަމަށެވެ.

ޝާހިދު ވަނީ އަންނަން އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.