ސަސްގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި

ސަސްގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2021 03:19
0

މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އަހުމަދު ނާޝިދުއާ އެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުން އުވާލައި، އީގަލްސްގެ ކޯޗުގެ މަޤާމުން އިސްތިއުފާ ދެިން މޯހަން ހަމަޖައްސައިއެވެ.

ތަޖުރިބާކާރު ކޯޗު މޯހަންއަކީ 2012 ވަނަ އަހަރުގެ ދިވެހިލީގު ފުޓުބޯޅަ މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ނިއުރޭޑިއަންޓުން ވަނީ ލީގު ކާމިޔާބު ކޮށްފައެވެ. މޯހަންވަނީ ވެލެންސިއާއާއި، ދ.ކުޑަހުވަދޫ ޓީމަށްވެސް ކޯޗުކަން ކޮށްދީފައެވެ.

މި ސީޒަނުގެ ނިޔަލަށް ނާދު އާއި ސަސްގެ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލާފައިމިވަނީ އޭނާ މަގާމުން އިސްތިއުފާނުދޭނެކަމަށް ބުނިފަހުންނެވެ. ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ސަސް ކުޅުނު މެޗަކީ އެ ޓީމުގައި ނާދުގެ ފަހު މެޗުކަމަށް ބުނެ ދަނޑު ބޭރުން ވާހަކަތަކެއް ދެކެވިފައި އޮތްއިރު، އެކަމާ ބެހޭގޮތުން މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ނާދުއާ ސުވާލުކުރުމުން އޭނާ ބުނީ "މަގާމުން އިސްތިއުފާ ނުދޭނެ ކަމަށާއި ޖެހޭނީ ވަކިކުރަން" ކަމަށެވެ. އެކަމަކު ސަސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނާދުއާ އެކު ދެކެވުނު ވާހަަކަތަކަށް ފަހު ދެ ފަރާތް އެއްބަސްވެގެން ކޮންޓްރެކްޓް އުވާލާފައިވާކަމަށެވެ.

މި ސީޒަނުގައި ގަދަ ހައެއްގެ ޓާގެޓްގައި ހާސިލްކުރަން ހަވާލުކުރި ނާދު ސަސް ކޯޗުކަމާ ވަކިވިއިރު އެ ޓީމު އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. ސަސް އިން ވަނީ ނާދު އެ ޓީމަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.