އިނގިރޭސި ޕްރިމިއަރ ލީގުގައި ނިއުކާސަލް އަތުން އާސެނަލް މޮޅުވެ ލީގުގެ 10 ވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.
އާސެނަލްގެ ދަނޑުގައި ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 3-0 ލަނޑުންނެވެ. މެޗުގައި ތިން ގޯލުވެސް ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގައެވެ. އާސެނަލްގެ ފުރަތަމަ ގޯލު މެޗުގެ 50 ވަނަ މިނެޓުގައި ކާމިިޔާބުކޮށްދިނީ އޮބަމަޔަންގް އެވެ. އާސެނަލްގެ ދެވަނަ ލަނޑު ސާކާ ކާމިޔާބުކޮށްދިނެވެ.
މިއީ އެމިލް ސްމިތް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ލަނޑެކެވެ. މިއީ އެމިލް ސްމިތް، ސާކާ އަށް ތަނަވަސްކޮށްދިން ބޯޅަތަކުން މި ސީޒަނުގައި މިހާތަނަށް ދެ ކުޅުންތެރިން ގުޅިގެން ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. އެއާއި އެކު މިއީ ޕްރިމިއަރ ލީގުގައިވެސް ރެކޯޑެކެވެ. އެއީ ޕްރިމިއަރ ލީގުގައި އުމުރުން 21 އަހަރު ނުވާ ކުޅުންތެރިންތަކުގެ ތެރެއިން ދެ ކުޅުންތެރިން ގުޅިގެން މިހާތަނަށް ކާމިޔާބުކުރި އެންމެ ގިނަ ލަނޑެވެ.
އާސެނަލްގެ ތިންވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ އޮބަޔަމަންގް އެވެ. މިއީ ލަނޑެއް ކަމަށް ބަލާފައިވަނީ ވީއޭއާރު މެދުވެރިކޮށް ބެލި ބެލުންތަކަށްފަހު އެވެ. މި މޮޅާއެކު އާސެނަލް ތާވަލުގެ 10 ވަނައަށް ޖެހިލީ ކުޅުނު 19 މެޗުން ލިބުނު 27 ޕޮއިންޓާއެކު އެވެ. މި މެޗުން ބަލިވި ނިއުކާސަލް އޮތީ ކުޅުނު 18 މެޗުން ލިބުނު 19 ޕޮއިންޓާއެކު ތާވަލުގެ ތާވަލުގެ 15 ވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި މެންޗެސްޓަރ ޔުނައިޓެޑް އޮތީ 37 ޕޮއިންޓާއެކު އެވެ.
ކޮމެންޓު ފޮނުވާ