ކަލިއަރީ އަތުން މޮޅުވެ ލީގުގެ އެއް ވަނައިގައި އޭސީ މިލާނުން ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗު މިލާނުން ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. މެޗުގައި މިލާނުން ލީޑުނެގީ ހަތް ވަަނަ މިނިޓްގައި އިބްރަހިމޮވިޗް ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ. މިއީ އިބްރަހިމޮވިޗަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. އިބްރަހިމޮވިޗް މިލާނުގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 52 ވަނަ މިނިޓްގައެވެ. މިލާނުން މެޗު ނިންމާލަން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 74 ވަނަ މިނިޓްގައި އެ ޓީމުގެ އަލެކްސިސް ސީލްމޭކާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.
އިބްރަހިމޮވިޗް މި ސީޒަނުގައި މިހާތަނަށް 13 ގޯލު ޖަހާފައިވާއިރު، އަނިޔާގެ ސަބަބުން އޭނާ އަށް ބައެއް މެޗުތައް ވަނީ ގެއްލިފަ އެވެ. ރޭގެ މެޗުން މޮޅުވެ އިންޓަ އާއި މިލާނުގެ މެޗު ހަމަވިއިރު، މިލާން ތިން ޕޮއިންޓުގެ ލީޑު ދެމެހެއްޓީ 18 މެޗުން 43 ޕޮއިންޓް ހަަމަކޮށްގެންނެވެ. އިންޓަ ދެ ވަނައިގައި އޮތީ 18 މެޗުން 40 ޕޮއިންޓާ އެކު އެވެ.
ކޮމެންޓު ފޮނުވާ