މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، މާދަމާ މާލެއިން ޖިއްދާއަށް ދަތުރުކުރަން ހަމަޖެހިފައިވާ އުމްރާ ފްލައިޓް މޯލްޑިވިއަނުން ފަސްކޮށްފި އެވެ.
މިރޭ ނެރުނު ނޫސްބަޔާނެއްގައި މޯލްޑިވިއަނުން ބުނީ، ސައުދީ އަރަބިއްޔާ ހިމެނޭ ސަރަހައްދުގެ ހާލަތު ފާއިތުވި 24 ގަޑިއިރުގައި ވަރަށް ބޮޑަށް ގޯސްވެފައިވާތީ، ފަސިންޖަރުންގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ދަތުރުގައި ބައިވެރިވާ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، ހާލަތު ހަމައަށް އެޅި ދަތުރުކުރުން ރައްކާތެރިވުމުން އާ ތާރީހެއް އަންގާނެ ކަމަށް ވެސް ކުންފުނިން ބުންޏެވެ.
ސައުދީގެ އެކި ސަރަހައްދުތަކަށް ހޫތީންގެ ފަރާތުން ދެމުންދާ ހަމަލާތައް މިދުވަސްވަރު އިތުރުވެފައިވާއިރު، ގިނައިން ހަމަލާ އަމާޒުވަނީ ރިޔާޟްގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މި މަހުގެ ކުރީކޮޅު ބަންދުކުރި އެ އެއާޕޯޓު އަލުން ހުޅުވި ނަމަވެސް، ބައިނަލްއަގުވާމީ ދަތުރުތަކަށް ބޮޑު ބުރޫއަރާފައި ވެއެވެ.
ކޮމެންޓު ފޮނުވާ