2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ އެވެ.
މިކަން އިއުލާން ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މިއަދުގެ ޖަލްސާ ނިންމަވާލައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ބަޖެޓް ހުށަހަޅާ ޖަލްސާ ފެށޭނީ މާދަމާ މެންދުރު 1:30 ގަ އެވެ. ސަރުކާރުން ހުށަހަޅާ ބަޖެޓުގެ އަދަދު އަދި ހާމައެއް ނުކުރެ އެވެ.
މިއަހަރަށް މަޖިލީހުން ފާސްކުރީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ރާއްޖޭގައި މިހާތަނަށް އަހަރަކަށް ފާސްކުރި އެންމެ ބޮޑު ބަޖެޓް ކަމުގައި ވާއިރު، 2025 ވަނަ އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ ބޮޑެވެ. އެ ބަޖެޓުގައި ދައުލަތަށް 40.2 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާ އެވެ.
ކޮމެންޓު ފޮނުވާ