ހަމަހަމަކަމާއެކު މަސައްކަތްކުރަން ދަތިކަމަށް ވިދާޅުވެ މީޑިއާ ކޮމިޝަނުގެ ރައީސް އިސްތިއުފާދެއްވައިފި

ހަމަހަމަކަމާއެކު މަސައްކަތްކުރަން ދަތިކަމަށް ވިދާޅުވެ މީޑިއާ ކޮމިޝަނުގެ ރައީސް އިސްތިއުފާދެއްވައިފި

Author
އަހުމަދު
28 އޮކްޓޯބަރ 2026 12:40
0

 

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސް މުހައްމަދު ފަރުޝަތު، އެ ކޮމިޝަނުގެ ރައީސް ކަމާއި މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ފަރުޝަތު ވިދާޅުވެފައިވަނީ، ހުރިހާ މީޑިއާތަކަކާ މެދު ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހައްލުކުރެވިފައި ނުވާ ގޮންޖެހުންތައް ހުރުމުން އިސްތިއުފާ ދޭން ނިންމި ކަމަށެވެ.

ފަރުޝަތުގެ އިސްތިއުފާ އަންނަނީ ސަރުކާރުން މީޑިއާތަކަށް އަހަރުން އަހަރަށް ދޭ މާލީ އެހީގެ އުސޫލަށް ބަދަލުތަކެއް ގެނެސް، އެކަމާ ގުޅޭގޮތުން މީޑިއާތަކުގެ ޚިޔާލު ހޯދަމުން ދިޔަ ވަގުތެއްގަ އެވެ. އާ އުސޫލުގެ ދަށުން، ރަޖިސްޓްރީކުރިތާ އެއް އަހަރު ވެފައިވާ މީޑިއާތަކަށް ވެސް މާލީ އެހީ ލިބޭނެ އެވެ. ކުރިން އެ މުއްދަތަކީ ތިން އަހަރެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ކުރީގެ މެމްބަރެއް ކަމަށްވާ ފަރުޝަތު، މީޑިއާ ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރީ ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ހަތް މެމްބަރުންގެ މި ކޮމިޝަނަށް ތިން މެމްބަރުން އައްޔަންކުރަނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވާއިރު، ބާކީ ހަތަރު މެމްބަރުން ހޮވަނީ މީޑިއާތަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.