ބޯ ވާރޭގައި ފެން ވަދެ ދިޔަވަމުން ދިޔަ އާރުޓީއެލް ލޯންޗު ސަލާމަތްކޮށްފި

ބޯ ވާރޭގައި ފެން ވަދެ ދިޔަވަމުން ދިޔަ އާރުޓީއެލް ލޯންޗު ސަލާމަތްކޮށްފި

Author
އަހުމަދު
24 އޮކްޓޯބަރ 2026 12:51
0

 

ހދ.ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗަކަށް ބޯ ވާރޭގައި ފެން ވަދެ ދިޔަވާން ފެށުމުން، އެމްއެންޑީއެފްގެ ފަޔަރމަނުން އެ ލޯންޗު ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓް ނޮދަން އޭރިއާ ކޮމާންޑުގެ ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ފަތިހު 05:35 ގައި ކަމަށެވެ. ވާރޭ ފެން ލޯންޗުގެ ސައިލެންސަރަށް ވަދެގެން ލޯންޗު ދިޔަވާން ފެށި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ހަބަރު ލިބުމާއެކު ބަނދަރަށް ދިޔަ ފަޔަރމަނުން ގަޑިއިރު ދެކަށް ވުރެ ގިނަ ވަގުތު ދިޔަ ހިއްކުމުގެ މަސައްކަތް ކުރުމަށް ފަހު، ހެނދުނު 07:50 ގައި ލޯންޗު ދިޔަވުން ހުއްޓުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.