ކަނޑުމަތީގައި އިންޖީނު ހުއްޓުނު ލޯންޗަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީ ސަލާމަތްކޮށްފި

ކަނޑުމަތީގައި އިންޖީނު ހުއްޓުނު ލޯންޗަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީ ސަލާމަތްކޮށްފި

Author
އަހުމަދު
23 އޮކްޓޯބަރ 2026 11:35
0

 

ރ. ދުވާފަރުން ކަނދޮޅުދޫއަށް ދަތުރުކުރަމުން އައި "ޔާލު ސްޕީޑް" ލޯންޗު، އިންޖީނު ހުއްޓިގެން ކަނޑުމަތީގައި ހާލުގައި ޖެހުމުން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ބުނީ، މި ހާދިސާއާ ބެހޭ މަޢުލޫމާތު ދުވާފަރު ޕޮލިސް ސްޓޭޝަނަށް ލިބުނީ އިއްޔެ ހަވީރު 4:56 ގައި ކަމަށެވެ. އެހީއަށް އެދުމުން ޑިންގީއެއްގައި ދިޔަ ފުލުހުން، ލޯންޗު ކަފުޖަހައިގެން ދުވާފަރު ފަޅަށް ވައްދައި، އިންޖީނު މަރާމާތުކުރުމުގައިވެސް އެހީތެރިވެދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިން މީހުން ތިބި އިރު، އޭގެ ތެރެއިން ހާލު ދެރަވި ބަންގްލަދޭޝް މީހަކަށް ދުވާފަރު ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވެއެވެ.

މި ހާދިސާ ހިނގީ، ރާއްޖޭގެ ގިނަ ސަރަޙައްދުތަކަކަށް ރީނދޫ ސަމާލު ނެރެ، ކަނޑުދަތުރުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައިވާ ދުވަހެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.