ހިޔާގެ ފްލެޓެއްގެ ބަދިގޭގައި ރޯވެ، ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިއްޖެ

ހިޔާގެ ފްލެޓެއްގެ ބަދިގޭގައި ރޯވެ، ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިއްޖެ

Author
އަހުމަދު
23 އޮކްޓޯބަރ 2026 11:28
0

 

ހިޔާ ފްލެޓުތަކުގެ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބަދިގޭގައި ހުކުރު ދުވަހު ހަވީރު ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދީފައިވާ މަޢުލޫމާތުގައި ވާ ގޮތުން، އަލިފާނުގެ ސަބަބުން އެ ބަދިގެ ވަނީ އަނބުރާ ބޭނުން ނުކުރެވޭ ހާލަތަށް ހަލާކުވެފަ އެވެ. އޮތޯރިޓީން ހާމަކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ގޭސް އުނދުން، ތެލިތައް އަދި ކަބަޑުތަކަށް ވެސް ވަނީ ސީރިއަސް ގެއްލުން ލިބިފަ އެވެ.

ގޭތެރެއަށް ދުން ފެތުރިފައިވާތީ، އެ ގޭގައި ދިރިއުޅޭ ހަތަރު މީހުންނަށް އެއް ދުވަހަށް ވަގުތީ ގޮތުން ތިބެވޭނެ ތަނަކާއި ފަސް ދުވަހަށް ކާނާގެ އިންތިޒާމު އެންޑީއެމްއޭއިން ހަމަޖައްސައިދީފައިވެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ރޯވި ސަބަބު އަދި ހާމައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.