ރަސްމާލެ މައްސަލާގައި ހުޅުޖަހަން ގޮވާލި ޒުވާނާ 12 ދުވަހަށް ބަންދު ކޮށްފި

ރަސްމާލެ މައްސަލާގައި ހުޅުޖަހަން ގޮވާލި ޒުވާނާ 12 ދުވަހަށް ބަންދު ކޮށްފި

Author
އަހުމަދު
23 އޮކްޓޯބަރ 2026 11:28
0

 

ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ހަވާލުކުރުމާ ދެކޮޅަށް، އިމާރާތްތަކަށް އަލިފާން ރޯކޮށް ފިހާރަތައް ލޫޓުކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލި މީހަކު ކްރިމިނަލް ކޯޓުން 12 ދުވަހަށް ބަންދުކޮށްފި އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މި މީހަކީ ހއ. ބާރަށް، ކުއްޅަވައްގެ، 25 އަހަރުގެ އަލީ ޖުމާން އެވެ. ސޯޝަލް މީޑިއާގައި "ޑެތު"ގެ ނަމުގައި ހަރަކާތްތެރިވާ ޖުމާން، މިދިޔަ މެއި މަހު އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުންނަށް ހުރަސްއެޅުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި ވެސް ހައްޔަރުކޮށްފައިވެއެވެ.

ސަރުކާރުގެ މުހިންމު ތަންތަނުގައި ހުޅުޖެހުމަށް ހިތްވަރުދިން ތުހުމަތުގައި، ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ވެސް ދާދިފަހުން ހައްޔަރުކޮށް، ކޯޓުން އޭނާ 15 ދުވަހަށް ބަންދުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.