ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހުސްވެފައިވާ މެންބަރެއްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި ފުރުޞަތު ހުޅުވާލީ ބޯޑުގައި މަދަނީ ޖަމްޢިއްޔާތަކުގެ ފަރާތުން ތިބޭ މެންބަރެއްގެ މަޤާމު ހުސްވެފައިވާތީ ކަމަށެވެ.
މި މަޤާމަށް ކުރިމަތިލަން ބޭނުންވާ ފަރާތްތަކަށް ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެއެވެ. ފުރިހަމަކުރި ފޯމުތައް ބަލައިގަނެވޭނީ މިއަދުން ފެށިގެން ނޮވެމްބަރު 1 ވަނަ ދުވަހާ ހަމައަށް، ސަރުކާރު ބަންދު ދުވަސްތައް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އާއި މެންދުރު 12:00 އާ ދެމެދު، ރައީސް އޮފީހުންނެވެ.
ކޮމެންޓު ފޮނުވާ