ސްކޭމްގެ މައްސަލައެއްގެ ތަހުގީގަށް 54 އަހަރުގެ އަންހެނަކު ހާޒިރުކުރަން ފުލުހުން އިއުލާންކޮށްފި

ސްކޭމްގެ މައްސަލައެއްގެ ތަހުގީގަށް 54 އަހަރުގެ އަންހެނަކު ހާޒިރުކުރަން ފުލުހުން އިއުލާންކޮށްފި

Author
އަހުމަދު
19 އޮކްޓޯބަރ 2026 06:03
0

 

30،000 ރުފިޔާގެ ސްކޭމެއްގެ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް، މާލެ، މ. ގޯބިލިގަސްދޮށުގެ، ސަލީމާ ސަލީމް (A125066) (54) ހާޒިރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ، ސަލީމާ އުޅޭ ތަނެއް އެނގިފައި ނުވާތީ ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އާންމުކޮށް އިއުލާނުކުރީ ކަމަށެވެ. އެންޓި-ސްކޭމް ސެންޓަރުން ބަލަމުންދާ މި މައްސަލައިގައި، ސްކޭމްކޮށްގެން ހޯދި ފައިސާ ފިހާރައެއްގެ އެކައުންޓަކަށް ޖަމާކޮށް، މުދަލާ ހަވާލުވާން ދިޔައީ ސަލީމާ ކަމަށް ފުލުހުން ބުނެއެވެ.

ސަލީމާއަށް ހާޒިރުވާން އަންގާފައިވަނީ، 26 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި، ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށެވެ.

ސަލީމާގެ މައްޗަށް މީގެކުރިން ވެސް ސްކޭމްގެ މައްސަލަތަކުގެ ތުހުމަތު ކުރެވިފައިވެއެވެ. 2024 ވަނަ އަހަރު ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރި މައްސަލައެއްގައިވެސް، އޭނާ ނުފެނިގެން ހޯދަން ފުލުހުން އިއުލާނުކޮށްފައިވެއެވެ. ނަމަވެސް، އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރިކަން ނޭނގެއެވެ. ލިބިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ސަލީމާއަކީ އެހެން ބައެއް ކުށްތަކުގެ ރެކޯޑުވެސް އޮންނަ މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.