ޝަފްނީޒް ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ކަމަށް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ދީފި

ޝަފްނީޒް ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ކަމަށް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ދީފި

Author
އަހުމަދު
19 އޮކްޓޯބަރ 2026 06:02
0

 

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ސ. ހުޅުދޫ، ބަގީޗާގޭ އަޙްމަދު ޝަފްނީޒް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ޝަފްނީޒްގެ ނަމަށް ތާއީދުކުރީ 55 މެންބަރުންނެވެ.

މި މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަޖިލީހަށް ތިން ބޭފުޅެއްގެ ނަން ފޮނުއްވިއެވެ. އެއީ ޝަފްނީޒްގެ އިތުރުން ވ. މިޔަރެސް، އަޙްމަދު މައުސޫމާއި ކ. ދިއްފުށި، ކަނޑުގަސްދޮށުގޭ، މަރްޔަމް ޖައިދާއެވެ. މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ބޭއްވި އިންޓަވިއުގައި ޝަފްނީޒް ވަނީ 96.20 އިންސައްތަ މާކްސް ހޯއްދަވާފައެވެ.

މި މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި ފާތިމަތު އަމީޒާ، މިދިޔަ ޖުލައި 19 ގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.