ބަނގުރަލާއެކު މާފުށިން ހައްޔަރުކުރީ ކަރެކްޝަންސްއިން ވަކިކުރި ކުރީގެ އޮފިސަރެއް

ބަނގުރަލާއެކު މާފުށިން ހައްޔަރުކުރީ ކަރެކްޝަންސްއިން ވަކިކުރި ކުރީގެ އޮފިސަރެއް

Author
އަހުމަދު
19 އޮކްޓޯބަރ 2026 06:01
0

 

ކ. މާފުށިން 42 ފުޅި ބަނގުރަލާއެކު މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި ޒުވާނަކީ، އަޚުލާގީ މައްސަލައެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާއިން ވަކިކުރި ކުރީގެ އޮފިސަރެއް ކަމަށް ކަރެކްޝަންސްއިން ހާމަކޮށްފިއެވެ.

ހައްޔަރުކުރީ ހދ. ކުޅުދުއްފުށީގެ، 23 އަހަރުގެ ނަބީހު ޢަބްދުއްރަޝީދެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި، މާފުށީގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާ ފެނިފައިވާ ކަމަށެވެ. އޭނާ އަށް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހައްޔަރުކުރުމާއެކު، ނަބީހު ކަރެކްޝަންސްގެ ޔުނީފޯމުގައި ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި ފެތުރެން ފެށިއެވެ. އެކަމާ ގުޅިގެން ކަރެކްޝަންސްއިން ބުނީ، އޭނާއަކީ މިހާރު އެ ޚިދުމަތުގެ މުވައްޒަފެއް ނޫން ކަމަށާއި، ގާތްގަނޑަކަށް އަހަރާއި ބައި ކުރިން އަޚުލާގީ މައްސަލައެއްގައި ވަޒީފާއިން ވަކިކުރި މީހެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދަނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.