އެމްއޭސީއެލްއަށް ދުވާލަކު 500 ރޮށި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އެމްއޭސީއެލްއަށް ދުވާލަކު 500 ރޮށި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

Author
އަހުމަދު
10 އޮކްޓޯބަރ 2026 05:13
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ދިގު މުއްދަތަކަށް ރޮށި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ޝައުގުވެރިކަން ހުށަހަޅަން ހުޅުވާލައިފި އެވެ.

ސަރުކާރުގެ ގެޒެޓުގައި މިދިޔަ ބުރާސްފަތި ދުވަހު ޝާއިޢުކުރި އިއުލާނުގައިވާ ގޮތުން، ކޮންމެ ދުވަހަކު ގާތްގަނޑަކަށް 500 ރޮށި ސަޕްލައިކުރަން ޖެހޭނެ އެވެ.

ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރަން ވާނެ އެވެ. އޭގައި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރު އަދި ޕްރޮފައިލް އާއި ތަޖުރިބާ ފަދަ ގާބިލުކަން ދައްކުވައިދޭ ލިޔުންތައް ހިމަނަން ޖެހޭނެ އެވެ.

މި ފުރުސަތަށް ކުރިމަތިލެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. ބޭނުންވެއްޖެނަމަ، ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ފަހުން "ރިކުއެސްޓް ފޯ ކޯޓޭޝަން" އެއް މެދުވެރިކޮށް އަގު ހުށަހަޅަން ފުރުސަތު ދެވޭނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.